Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ފުރަތަމަ 30 ދުވަސް

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތައް: 56 ވައުދު ފުދި 11 ވައުދު ފުރިހަމަނުވޭ!

3 ޖެނުއަރީ 2019 | ބުރާސްފަތި 08:52

ނުފުދި ހުރި 11 ވައުދު 100 ދުވަސް ތެރޭގައި ފުއްދޭނެ ކަމަށް ހާމަކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ޖެނުއަރީ 2019 | ބުރާސްފަތި 08:52
ރައީސް ސޯލިހް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ:- ސަރުކާރުގެ ގިނަ ވައުދުތަކެއް ވަނީ ފުއްދާފައި

ރައީސް ސޯލިހް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ:- ސަރުކާރުގެ ގިނަ ވައުދުތަކެއް ވަނީ ފުއްދާފައި | ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެއްސެވި 67 ކަމެއްގެ ތެރެއިން 56 ކަމެއް ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލުންތަކެއް ބުރާސްފަތި ދުވަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެއްސި ކަންތައްތަކުގެ ތެރެއިން ހާސިލްވި 56 ކަންތަކަކީ ބުދަ ދުވަހުގެ ނިޔަލަށް ހާސިލްވި ކަންތައްތައް ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދުސްތޫރީ ވެރިކަމަކަށް ރުޖޫޢަވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގެ ދާއިރާއިން މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރައްވާފައިވާފައިވާކަން ހޫދު ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުގެ މަސައްކަތްތައް މި މުއްދަތުގެ ތެރޭގައި ފަށާފައިވާއިރު އެއީ ވެސް 30 ދުވަހުގެ ވައުދެއް ކަމަށް ހޫދު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ވެފައިވާ ވައުދުވަނީ ފުއްދާފައިއެވެ. ހަމައެއާ އެކު ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރު ކޮށްދެއްވައިފައެވެ. ތައުލީމީ ދާއިރާއިން ފުއްދާފައިވާ އަނެއް ވައުދަކީ މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދެއްވުމެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ ބައެއް އެހެން ވައުދުތަކުގެ ތެރޭގައި ދިވެހިރާއްޖެ އިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވީ ވައުދުވެސް ވަނީ ފުއްދާފައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަސް ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން ނުފުއްދިފައިވާ 11 ވައުދު ހިމެނޭ ކަމަށެވެ. ނަމަވެސް އެ ވައުދުތަކަކީ މިހާރުވެސް ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ އެހެން ނަމަވެސް އެއްކޮން ފުރިހަމަނުވެ ހުރި ކަންކަން ގޮތުގައި ޝައުނާ ފާހަގަ ކުރެއްވިއެވެ.

ނުފުދި ހުރި ވައުދުތަކުގެ ތެރޭގައި އެއްކަމަކީ މާލޭގައި މުދާ ބަލާ އަރުވާނެ ސަރައްދުތަކެއް ކަނޑަނޭޅި އޮތުމެވެ. ޝައުނާ ވިދާޅުވީ އެކަމަށްޓަކައި މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެ މަސައްކަތްކުރިއަށްދާ ކަމަށެވެ. ދެން އޮތީ ރަށްރަށުގެ މަގުތައް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމެވެ. ލޯކަލް ކައުންސިލްތަކާ އެކު ކުރަންޖެހޭ އެ މަސައްތައް މިހާރު ޕްލޭނިން މިނިސްޓްރީން މެނިއަލްއެއް ތައްޔާރުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. ބުރިޖްގައި ސީސީޓީވީ ކެމަރާތައް ހަރުކުރުމަށް ވީ ވައުދު 30 ދުވަސް ތެރޭގައި ނުފުދުނު ނަމަވެސް ޝައުނާ ވިދާޅުވީ މިހާރު ވަނީ ކެމެރާ ހަރުކުރާނެ ތަންތަން ކަނޑައެޅި އެކަމަށްކުރަން ޖެހޭ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައި ކަމަށެވެ. އަދި ވިދާޅުވީ ކެމެރާތައް ހަރުކުރާނެ ތަންތަން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

ޒީރޯޓޮލަރޭޓް ކެމްޕެއިން ފެށުމުގެ ވައުދުވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލަކު ސިޓީ ސްކޫލްގެ، މަގު ފުޅާކުރުމުގެ މަސައްކަތާއި މަސްވެރިކަމުގެ ގާނޫނަށް ގެނަން ޖެހޭ އިސްލާހްތަކާއި ލާމަރުކަޒީ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ މަސައްކަތް އަދި އޮތީ ނުނިމިއެވެ. އަދި އެހެންމެ މުނިސިޕަލް އިސްޕެކްޓަރުން އުފެއްދުމުގެ ވައުދު ވެސް 30 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެކަން އަދިނުވެއެވެ. އަދި އެންމެ އެސްއެމްބީ ބޭންކް ހުޅުވުމުގެ ވައުދު ނުފުދި އޮތް ނަމަވެސް އެ މަސައްކަތް ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ޝައުނީ ވިދާޅުވިއެވެ.

ސަރުކާރުގެ 30 ދުވަސް ވެސް ގުނަނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެން ކަމުން 30 ދުވަސް ހަމަވެފައި ވަނީ މި މަހުގެ 2 ވަނަ ދުވަހަށެވެ. ހަމަ އެގޮތަށް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ވެސް ބަންދު ދުވަސްތައް ނުހިމަނައި ގުނާއިރު 100 ދުވަސް ހަމަވާނީ މި އަންނަ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ގޮތުގައި 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް