Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު

18 ޖެނުއަރީ 2019 | ހުކުރު 20:49

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާކުރީ އެމްޑީޕީން ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 ޖެނުއަރީ 2019 | ހުކުރު 20:49
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވޯޓު ލެއްވުމަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ވޯޓު ލެއްވުމަށް ވަޑައިގަންނަވަނީ

ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުހަބާ ކިޔުމަށްޓަކައި އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވިދާޅުވީ އާ ސަރުކާރެއްް ރައްޔިތުން އިންތިހާބު ކުރީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮވެގެން ކަމަށެވެ. "އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރީ އެމްޑީޕީއިން. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން. އެހެން ކަމުން ރައްޔިތުން މަޖިލީހުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަން އެބަ ޖެހޭ. ރައްޔިތުންނަށް ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދޭނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ހާއްސަކޮށް، އެމްޑީޕީގެ މެންބަރުންގެ ބޮޑު ބައެއް މަޖިލީހުގައި ތިބެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޕްރައިމަރީއަށް 279 ކެންޑިޑޭޓުން ވާދަކޮށްފައި ވާއިރު، ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ވަނީ ޑިމޮކްރެސީއަކަށް ފައްކާވެފައި ކަމަށެވެ. ރައްޔިތުން ކުރިން އޮތް ވެރިކަން ބަދަލުކުރީ، ވަރަށް ފޮނި އުއްމީދާ އެކުގައި ކަމަށާއި، ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާކުރީ އެމްޑީޕީން ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި ކުރީގައި އޮތް ވެރިކަން ބަދަލުކުރީ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުގައި. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބުގެ ބޮޑު ބައެއް އަދާކުރީ އެމްޑީޕީން. އެމްޑީޕީގެ ތާއީދުގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަށް ޖެހޭ،" ރައީސް ވިދާޅުވިއެވެ

އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގައި ހިންގި ނަމޫނާ ސިޔާސީ ހަރަކާތެއް ކަމަށާއި ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ. ޕާޓީތަކުން ވެސް ސިޔާސީ މިފަދަ ހަރަކާތްތައް ގިނަގިނައިން ހިންގަން ޖެހޭ ކަމަށާއި ޕްރައިމަރީ ބާއްވުމަކީ ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި

13 މެއި 2017
އަމިއްލަ ގޮތުން އިންތިޚާބުވި ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި
22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
15 އެޕްރީލު 2017

ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި

15 އެޕްރީލު 2017
ގާދިއްފުށިން އެމްޑީޕީއަށް ހޫނު މަރުހަބާއެއް ކިޔައިފި
09 އެޕްރީލު 2017

ބިސްގަނޑު ލިބުން ލަސްވެގެން ވެއިޓަރުގެ ނިތްކުރި ފަޅާލައިފި!

09 އެޕްރީލު 2017
ބިސްގަނޑު ލިބުން ލަސްވެގެން ވެއިޓަރުގެ ނިތްކުރި ފަޅާލައިފި!
04 އެޕްރީލު 2017

ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު

04 އެޕްރީލު 2017
ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް