Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

16 ޖެނުއަރީ 2019 | ބުދަ 13:41

މަރުވިޔަސް މަރުވާނީ ވަރުގަދަ ހަގުރާމައެއް ކޮށްގެން: ލަތީފު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 ޖެނުއަރީ 2019 | ބުދަ 13:41
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ރައީސްކަން ކޮށްފައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިނުލެއްވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ނެގުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އެދުމުން ވެސް، އިސްލާހު ނުނަގާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރު ލަތީފް ވިދާޅުވީ، އިސްލާހު އަނބުރާ ނުގާނެ ކަމަށާއި، "މަރުވިޔަސް މަރުވާނީ ވަރުގަދަ ހަގުރާމައެއް ކޮށްގެން" ކަމަށެވެ.

Advertisement - newsAdvertisement

އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެފައިވާއިރު، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެ މައްސަލަ އަނބުރާ ނަގަން ލަތީފަށް އަންގާފައިވާ ކަމަށެވެ. ރިޔާޒް ވިދާޅުވެފައި ވަނީ އެއީ އެއްގޮތަކަށް ވެސް ޕާޓީއަށް އެނގިގެން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހެއް ނޫން ކަމަށެވެ.

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ (ނ) އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ.

އެމްޑީޕީން ބުނެފައިވަނީ އެއީ ސީދާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އެ އިސްލާހަކީ މަޖިލީހަށް ބަލައިގަނެވޭނެ އަދި ބަލައިގަންނާނެ އިސްލާހެއްވެސް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޯލިޝަންގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުކުރައްވާ އިސްލާހެއް ހުށަހެޅުއްވުން ކޯލިޝަންގެ ތެރޭގައި ރެނދު ލާފައިވަނީތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން ޗެއަރޕާސަން ވިދާޅުވީ ލަތީފު، އެ އިސްލާހު ހުށަހެޅުއްވުމަކީ ކޯލިޝަންގެ ތެރޭގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ނޫން ކަމަށެވެ. އެ އިސްލާހަކީ ކޯލިޝަންގައި މަޝްވަރާ ކުރެވިގެން ހުށަހެޅި އިސްލާހެއް ނޫން ކަމަށް ޕީޖީ ލީޑަރު ރިޔާޒު ވިދާޅުވެފައިވުމަކީ ހިތްހަމަޖެހުމެއް ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް