Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް

ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި

ސިޔާސީ ހައްޔަރީންނަށް އާއިލާގެ ގާތަށް ދެވޭނެކަމަށް ވައުދުވެވަޑައިގެންނެވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2018 | އާދީއްތަ 19:58
ރައީސް ސޯލިޙް މި 3 ވައުދު ވެވަޑައިގަތީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި

ރައީސް ސޯލިޙް މި 3 ވައުދު ވެވަޑައިގަތީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި

ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމަށް މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އޭރުގެ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް، ވައުދުވެވަޑައިގެންނެވި 3 ކަންތައް އެމަނިކުފާނު މިއަދު ފުރިހަމަ ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ ހުވައި ކުރެއްވި ރައީސް ސޯލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކަނިކުފާނު ކުރައްވާނެކަމަށް އޭރު ވައުދުވެވަޑައިގެންނެވި 3 ކަމަކީ އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވައި ސިޔާސީ ހައްޔަރީންނަށް އާއިލާގެ ގާތަށް ދެވުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފެއްޓެވުމުގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަރާތްތަކަށް ވީނުވީ ހޯދައި، މަރުތަކުގެ ހަޤީޤަތް ހޯދަން މަސައްކަތް ފެއްޓެވުމެވެ. މި 3 ވައުދު ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވެވަޑައިގެންނެވި އިރު ރައީސް ސޯލިޙަށް ގުޅިފައިވާ ޕާޓީތަކުގެ ރުހުމާއިއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވިތާ 2 ހަފްތާ ނުވެއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިޙް ވަނީ ޚާއްސަ ޤަރާރަކުން މި 3 ކަންތައްވެސް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާފައެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ހައްޔަރީންނަށް އާއިލާގެ ގާތަށް ދެވޭނެކަމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒް މުހުސިންއާއި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް ނިހާން ވަނީ ގޭބަންދަށް ބަދަލުކުރެވިފައެވެ. ރައީސް ސޯލިޙް ސިޔާސީ ހައްޔަރީންނަށް އާއިލާ ގާތަށް ދެވޭނެކަމަށް ވައުދުވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ސިޔާސީ ހައްޔަރީން ޖަލުތަކުގައި ތިއްބެވިނަމަވެސް، ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވެ، އެމަނިކުފާނުގެ ސަރުކާރުގެ ބާރު ކެނޑުމާއިއެކު ގިނަ ގިނަ އަދަދެއްގެ ހައްޔަރީން ވަނީ މިނިވަން ކޮށްފައެވެ. ރައީސް ސޯލިޙް ވަނީ ސިޔާސީ ހައްޔަރީން ގޭބަންދަށް ބަދަލުކުރުމުގެ އިތުރުން "ސިޔާސީ ހައްޔަރީން މިނިވަންކުރުމާއި ބެހޭ ކޮމިޓީ" އެއްވެސް ވެރިކަމުގެ ފުރަތަމަ ދުވަހު އުފައްދަވާފައެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ކެމްޕޭންގެ ތެރެއިން އެތައް ފަހަރަކު ރައީސް ސޯލިހާއި ގުޅިފައިވާ ޕާޓީތަކުން ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. އަދި ރައީސް ސޯލިހަށް ވޯޓު ދިން ގިނަ ބަޔަކު އެމަނިކުފާނަށް ވޯޓު ދިން އެއް ސަބަބަކީވެސް އެވައުދެވެ. ދައުލަތުން ފާއިތުވި 5 ވަރަކަށް އަހަރު ތެރޭ ބިލިއަނުން ފައިސާ ގެއްލިފައިވާއިރު، މި ފައިސާ އަކީ ރައްޔިތުންގެ ފައިސާއެވެ. އެފައިސާއަށް ވީގޮތް ހޯދައި، ފައިސާ ހޯދުމުގައި ދިވެހި ކޮންމެ ރައްޔިތެއްގެވެސް އުއްމީދެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ދައުލަތުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ސޯލިޙް ވެވަޑައިގެންނެވި ވައުދު އެވަނީ ފުއްދަވާފައެވެ. "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި އެވަނީ ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެމަސައްކަތް ފައްޓަވާފައެވެ.

ރައީސް ސޯލިޙް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެކަމަށް ފަލަސުރުޚީ ޕްރޮގްރާމްގައި ވައުދުވެވަޑައިގެންނެވި 3 ވަނަ ކަމަކީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަދި ވީނުވީ ނޭނގި ގެއްލިފައިވާ ފަރާތްތަކަށް ވީނުވީ ގޮތް ހޯދައި، މަރުތަކުގެ ހަގީގަތް ހޯދުމަށް މަސައްކަތް ފެއްޓެވުމެވެ. ނޫސްވެރިޔާ ރިލްވާންގެ އިތުރުންވެސް އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ބްލޮގަރ މަރްހޫމް ޔާމީން ރަޝީދާއި މަރްޙޫމް އަފްރާޝީމްގެ އިތުރުން މާލޭގެ މަގުތަކަށް މަރާލާ ވައްޓާލި އެތައް ޒުވާނެއްގެ މަރުގެ ޙަޤީގަތް ހޯދަން ދިވެހިން މިއަދު ބޭނުންވެއެވެ. އެކަމަށްޓަކައި ރައީސް ސޯލިޙް އެވަނީ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ ނަމުގައި ޚާއްސަ ކޮމިޝަނެއް ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލައްވާފައެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި 3 ކަންތައް ފުއްދެވި ފަދައިން، ރައްޔިތުން ދެން ދެކެން ބޭނުންވަނީ އެވައުދުތަކުން ރައްޔިތުން ނިކުންނަން ބޭނުންވި ނަތީޖާތައް ނިކުތުމެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަންތައްވެސް ކުރެއްވުމެވެ. ވެވަޑައިގެންނެވި އެހެން ވައުދުތައްވެސް ފުއްދަވައި، މެނިފެސްޓޯ ހަޤީޤަތަކަށް ހައްދަވައި ދެއްވުމެވެ. ރައްޔިތުން މިތިބީ ވާނުވާ ބަލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު