Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ކޭސަރީ: 7 ދުވަހުން 100 ކްރޯޑް ކްލަބަށް!

މި ފިލްމަށް ޖުމްލަ އާމްދަނީ ވަނީ 100.01 ކްރޯޑް ރުޕީސް ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 28 މާރިޗު 2019 | ބުރާސްފަތި 14:09
އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ

އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ

މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން އެންމެ އަވަހަށް 100 ކްރޯޑް ކުލަބަށް ވަން ފިލްމަކަށް މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރޮ ފިލްމް "ކޭސަރީ" ވަނީ ވެގެން ގޮސްފައެވެ.

އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައި ވަނީ ފިލްމް ރިލީޒް ކުރިތާ 7 ދުވަހުގެ ތެރޭގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން ފިލްމް ރިލީޒް ކުރި ބުރާސްފަތި ދުވަހު ފިލްމަށް ވަނީ 21.06 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. ހުކުރު ދުވަހު 16.75 ކްރޯޑް ރުޕީސް، ހޮނިހިރު ދުވަހު 18.75 ކްރޯޑް ރުޕީސް، އާދިއްތަ ދުވަހު 21.51 ކްރޯޑް ރުޕީސް، ހޯމަ ދުވަހު 8.25 ކްރޯޑް ރުޕީސް، އަންގާރަ ދުވަހު 7.17 ކްރޯޑް ރުޕީސް އަދި ބުދަ ދުވަހު ވަނީ 6.52 ކްރޯޑް ރުޕީސް ލިބިފައެވެ. އެހެން ކަމުން ހަފްތާއެއްގެ ތެރޭގައި މި ފިލްމަށް ޖުމްލަ އާމްދަނީ ވަނީ 100.01 ކްރޯޑް ރުޕީސް ލިބިފައެވެ.

"ކޭސަރި" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

މިއަހަރު ރިލީޒްކުރި ފިލްމް ތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާންދަނީއެއް ލިބިގެން ގޮސްފައިވަނީ "ގަލީ ބޯއީ" އަށެވެ. މި ފިލްމަށް ވަނީ 19.40 ކްރޯޑް ރުޕީސް ލިބިފައެވެ.

ތިން ވަނައިގައި 16.50 ކްރޯޑް ރުޕީސް ލިބިގެން ޓޯޓަލް ދަމާލް އޮތް އިރު ހަތަރު ވަނައިގައި އޮތީ 13.01 ކަރޯޑް ރުޕީސް ލިބިގެން ކެޕްޓަން މާރވެލް އެވެ.

އަނޫރާގް ސިންގް ޑައިރެކްޓް ކޮށްފައި މިފިލްމް ވެގެން ގޮސްފައި ވަނީ އިންޑިއާގައި ހިނގި ބެޓްލް އޮފް ސަރަގަރްހީ ގެ ނަމުން ނަންދީފައިވާ ހަނަގުރާމައިގެ ހާދިސާ އަކަށެވެ. އެ ހަނގުރާމައިގައި ބައިވެރިވެފައިވަނީ އިނގިރޭސި ސިފައިންނާއި އެކު ހަރަކާތަތެރިވާ ސިކުންގެ ރެޖިމެންޓް ގެ ބަޔަކާއި އަފްގާނިސްތާންގެ ގަބީލާ ތަކެކެވެ. މި ފިލްމްގައި އަންޝޭ ކުޅެފައިވަނީ ސިކު ލީޑަރުގެ ގޮތުގައެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

އަކްޝޭގެ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ގޯލްޑް އަށެވެ. މި ފިލްމަށް ވަނީ 25.25 ކްރޯޑް ރުޕީސް ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް

"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް

08 އޮކްޓޯބަރު 2017
"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

05 ސެޕްޓެމްބަރު 2017
"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް

"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް

29 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު