Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ކާބިލް"

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

ހޯމަ ދުވަހުން ފެށިގެން އާމްދަނީ އަންނަނީ ދަށްވަމުން

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 2 ފެބުރުއަރީ 2017 | ބުރާސްފަތި 09:19
"ކާބިލް" ގެ ޓްރެއިލަރ ގެ މަންޒަރެއް

"ކާބިލް" ގެ ޓްރެއިލަރ ގެ މަންޒަރެއް

ރާކޭޝް ރޯޝަން އުފައްދާފައިވާ ފިލްމު "ކާބިލް" ރިލީޒްކުރިތާ ހަތްދުވަސްތެރޭ ފިލްމަށް 79.60 ކްރޯޑް ރުޕީސް ލިބިއްޖެއެވެ. މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި މިފިލްމަށް އާދީއްތަ ދުވަހުގެ ނިޔަލަށް 67.46 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ފިލްމަށް ލިބޭ އާމްދަނީ އަންނަނީ ދަށްވަމުންނެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމު "ކާބިލް" އާއި އެއްދުވަހެއްގައި ރިލީޒްކުރި ޝާހުރުކްގެ ފިލްމު "ރައީސް" ގެ އާމްދަނީ 200 ކްރޯޑުން މަތީގައި އުޅޭއިރު، "ކާބިލް" އަށް ވަނީ ބޮޑު މާޔޫސްކަމަކާ ކުރިމަތިލާންޖެހިފައެވެ.

ކްރިޓިކުން ބުނާ ގޮތުގައި ބޮލީވުޑްގައި ގާތްގަނޑަކަށް އެއްވަރަކަށް ކާމިޔާބު ދެތަރިންގެ ދެފިލްމެއް ވާދަކުރާއިރު، "ކާބިލް" އަށް ލިބެމުންދާ އާމްދަނީއަކީ ފުރަތަމަ ހަފްތާއަށް ބަލާއިރު އެކަށީގެންވާ އާމްދަނީއެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް ސްކްރީންތަކުގެ ސާޅީސް އިންސައްތަ ލިބުނު "ކާބިލް" އާއި ފަސްދޮޅަސް އިންސައްތަ ސްކްރީނުގައި އަޅުވަމުން އަންނަ "ރައީސް" އާ އަޅާ ކިޔުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެއްވަރެއްގެ ދެފިލްމު އެއްދުވަހެއްގައި ރިލީޒްކުރުމާ މެދު ފިލްމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކުގެ އިތުރުން ޓްރޭޑް އެނެލިސްޓުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮންމެއަކަސް، މި ދެފިލްމުން ވެސް ވަނީ ހަފްތާއެއްގެ ތެރޭގައި ބޮކްސް އޮފީހުގައި ފައިތިލަ ސާބިތުކުރުމުގައި ކާމިޔާބީ ހޯދާފައެވެ.

ބައެއް ކްރިޓިކުންގެ ފަރާތުން "ކާބިލް" އަށް ތަޢުރީފް އޮހެމުން އަންނައިރު، ސްކްރީންތައް ލިބުނު ޢަދަދާ އަޅާބަލާއިރު، ފިލްމަށް ލިބުނު އާމްދަނީ އަކީ މިފިލްމަށް އެތައް ބައެއްގެ ހިތްތައް ލެނބިފައިވާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
30 މާރިޗު 2017

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް
28 ފެބުރުއަރީ 2017

އެކްޓްކުރަން ފުރުސަތު މިލިބުނީ އަދިކިރިޔާ!

28 ފެބުރުއަރީ 2017
އެކްޓްކުރަން ފުރުސަތު މިލިބުނީ އަދިކިރިޔާ!
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު