Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހާފްގާލްފްރެްޑް

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު ރުޕީސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 މެއި 2017 | ހޯމަ 09:19
ހާފްގާލްފްރެންޑްގެ ޕޯސްޓަރ

ހާފްގާލްފްރެންޑްގެ ޕޯސްޓަރ

މިމަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް އައި "ހާފްގާލްފްރެންޑް" އަށް ދެދުވަހުން 20 ކުރޯޑް ރުޕީސް ލިބިއްޖެއެވެ. އެފިލްމު އެޅުވުމާއި އެކު ހުކުރުދުވަހު 10 ކުރޯޑް ރުޕީސް ލިބިފައިވާއިރު، ހޮނިހިރުދުވަހު ވެސް ވަނީ އެވަރަށް ލިބިފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މި ފލްމުގެ ތަރުހީބު ބޮޑުވާނެކަމަށް އެނަލިސްޓުން ބުނެއެވެ.

"ހާފް ގާލްފްރެންޑް" ގެ ޑައިރެކްޓާ މޯހިތު ސޫރީ މީގެ ކުރިން ބުނެފައިވަނީ އިންޑިއާގެ ސިނަމާތަކުގައި މިހާރު އަޅުވާފައިވާ "ބާހުބަލީ2" ގެ ސަބަބުން އޭނާގެ ފިލްމަށް އެއްވެސް ދައްޗަކާ ކުރިމަތިވާނެކަމަށް ނުބެލެވޭކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެއީ ކުޑަބަޖެޓަކުން އުފެއްދި ފިލްމެއްކަމަށް ވިއަސް "ހާފްގާލްފްރެންޑް" ދެކެ މީހުން ގަޔާވުމަށްކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް މި ފިލްމުގެ ލަވަތަކަށް ތަރުހީބު ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"ހާފް ގާލްފްރެންޑް" އަކީ އެމެރިކާގައި ހުރިހާ މަންޒަރެއް ޝޫޓްކުރި އިންޑިއާގެ ފުރަތަމަ ފިލްމު ކަމަށް މޯހިތު މީގެ ކުރިން ވަނީ ބުނެފައެވެ. މޯހިތު ބުނީ އެމެރިކާގައި އެ ފިލްމުގެ ބޮޑުބައި ޝޫޓް ކުރީ ހިލޭ ކަމަށެވެ. މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު ރުޕީސްއެވެ. ފިލްމު ރިލިޒްކުރުމުގެ ކުރިން މިއުޒިކް، ސެޓެލައިޓް، ޑިޖިޓަލް އަދި އޯވަސީޒް ރައިޓްސް ވިއްކާލައިގެން 36 ކްރޯޑު ވަނީ ހޯދާފައެވެ.

އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމް ޕްރޮޑިއުސްކުރަނީ ވެސް ޗޭތަންއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވާ ޗޭތަންއަކީ ކާމިޔާބު ފިލްމެއް ކަމަށްވާ ފިލްމު "ތްރީ އިޑިއަޓްސް" ވެސް ލިޔުނު ލިޔުންތެރިއާއެވެ. އަދި އަރުޖުން އާއި އާލިޔާގެ "ޓޫ ސްޓޭޓްސް"ގެ ވެސް ލިޔުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!

22 މެއި 2017
ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!
09 މެއި 2017

"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

09 މެއި 2017
"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް
28 ފެބުރުއަރީ 2017

އެކްޓްކުރަން ފުރުސަތު މިލިބުނީ އަދިކިރިޔާ!

28 ފެބުރުއަރީ 2017
އެކްޓްކުރަން ފުރުސަތު މިލިބުނީ އަދިކިރިޔާ!
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު