Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 15:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޓްވިޓަރ
ރައީސް ޔާމީން
ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށް ރައީސް ޔާމީން ބަންދުން ދޫކޮށްލަން ހައި ކޯޓުން ނިންމައިފި
ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު

ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ރައީސް ޔާމީން ބަންދުގައި ބެހެއްޓެން ނެތްކަމަށް ހައި ކޯޓުން ހުކުމްކުރީ އެ މަނިކުފާނު ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހުއެވެ. 

ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަމުން ގެންދެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު އަބްދުއް ރައޫފު އަދި ފަނޑިޔާރު ހަސަން އަލީ އެވެ. ނަމަވެސް، މިއަދު ބަންދު ދޫކޮށްލެއްވުމަށް ނިންމެވި ބެންޗުގައި ފަނޑިޔާރު ރައޫފުގެ ބަދަލުގައި އިންނެވީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ. 

އިސްތިއުނާފުގެ މައްސަލަތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ. ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. 

މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާފައި ވަނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ވަކި ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. 

ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑަކުރި ކަމުގެ ތުހްމަތުގަ އެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 މާރޗް 2019 | ބުރާސްފަތި 18:38
ihaaru.
ދިވެހި ރާއްޖެ ބޭރުބައެއްގެ އަތްދަށުވުމުން ނޫނީ މީނާގެ ކިބައިން ސަލާމަތެއްނުވާނެ، ނޯޥޭ ވެސް، ސްވިޑެންވެސް ރަނގަޅުވާނެ
28 މާރޗް 2019 | ބުރާސްފަތި 17:48
ޕްރައިމަރީ
ޖަނަވާނު ފިލަނީ، އީވާ މިޔޮއް ފިލަނީ
28 މާރޗް 2019 | ބުރާސްފަތި 12:34
ދރަދުން
ތަރައްގީގެ ބާނީ ރާއްޖެ ތެރެ ޒައީމު މަރުހަބާ......
28 މާރޗް 2019 | ބުރާސްފަތި 12:11
Ufaa
Maruhabaa
28 މާރޗް 2019 | ބުރާސްފަތި 11:17
މުހަމމަދު
އަނިޔާވެރިންނާ ވަގުންގެ މުށުތެރޭން ރައްޔިތުން ނުކުމެ މިގައުމު ސަލާމަތްކުރާނެ.. އެގި ހާމަވެފައިވާ ކަމަކީ ޒަމަނެއްގަވެސް ގައުމަށް ނުވާވަރުގެ ބޮޑު ހިޔާނާތެއްވީ ޔާމީނުގެ ވެރިކަމުގަކަން .. އެއަށްވުރެބޮޑަށް އެގޭ ކަމަކީ އޭނާގެ އިސްކޮށްހުރެ މާލީ ގާނޫނަށް ގެނައި ބަދަލުތަކަކީ، ވަގުންނަށް ދިން ފުރުސަތުތަކެއްކަން.. މިއަދަކީ ދިވެހިރާއްޖެއައް ކުރިމަތިވި ކަޅުދުވަހެއް.. ހިތާމަވެރި ދުވަހެއް.
28 މާރޗް 2019 | ބުރާސްފަތި 10:44
Adam
Qasim seytu ge baaru Judiciary ga