Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިއު.ޑީ.ސީ

ޑަބްލިއު.ޑީ.ސީން ވިލިމާލޭގައި ގަސް ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދަނީ

28 މާރިޗު 2019 | ބުރާސްފަތި 06:14

މި މަހުގެ 29 ވާ ހުކުރު ދުވަހުގެ 2:00 އިން ފެށިގެން 6:00 އަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 28 މާރިޗު 2019 | ބުރާސްފަތި 06:14
ވިލިމާލޭގައި އިންދާފައިވާ ގަސްތަކެއް

ވިލިމާލޭގައި އިންދާފައިވާ ގަސްތަކެއް

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިސްނަގައިގެން ވިލިމާލޭގައި ގަސް ވިއްކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމަވާފައި ވާކަމަށް އެ ކޮމެޓީގެ ނައިބުރައީސާ ޒުލައިޚާ އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޒުލައިޚާ ވިދާޅުވީ ޑަބްލިއުޑީސީން އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ވިލިމާލޭގައި ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުން ޚާއްސަ ގޮތެއްގައި އަންހެން ކަނބަލުން ގޭގައި ތިބެގެން ކުރާ މަސައްކަތްތައް އާންމު ރައްޔިތުންނަށް ދައްކާލުމާއި އަދި އެ މަސައްކަތުން އެފަދަ ފަރާތްތަކަށް ނަފާއެއް ހޯދައިދިނުމުގެ މަގު ތަނަވަސް ކޮށްދިނުމެވެ.

Advertisement - newsAdvertisement

ޒުލައިޚާ ވިދާޅުވީ ވިލިމާލެއަކީ ތިމާވެއްޓައް ޚާއްސަ ސަމާލުކަމެއް ދޭ ރައްޔިތެއް ދިރިއުޅޭ އަވަށެއް ކަމަށެވެ. އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަކީ ތަފާތު އެކި ކަހަލަ ބާވަތްތަކުގެ ގަސް ހެއްދުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ބައެއް ކަމަށާއި އަދި އެކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހަށްޓާ ބައެއް ކަމަށެވެ.

އެގޮތުން އެ އަވަށުގެ ގޭގޭގަ އޮންނަ ހުސްބިން ކޮޅުގަޔާއި، ފުރާޅުމަތީގަޔާއި މަގުމަތީގައި އެކި ބާވަތްތަކުގެ އެތައްހާސް ގަހެއް އިންދާ ހައްދާފައި ވާކަމަށާއި ނަމަވެސް އެފަރަތްތަކަށް އެތަކެތި ވިއްކައިގެން ނަފާއެއް ހޯދުމުގެ ފުރުސަތު ކުޑަ ކަމަށް ޒުލައިޚާ ވިދާޅުވިއެވެ.

އަދި އެފަރަތްތަކުން ގަސްތައް އިންދާ ހައްދަނީ އެކަމަށް ވަރަށް ބޮޑު ހޭދައެއްކޮށް އަދި ވަރަށް ބުރަ މަސައްކަތުން ކަން ވެސް ޒުލައިޚާ ވަނީ ފާހަގަ ކުރައްވަފައެވެ.

އެހެންކަމުން މިފަދަ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތަށް އެކަށީގެންވާ ނަފާއެއް އެ ފަދަ ފަރާތްތަކަށް ލިބެންޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާރޗު މަހުގެ 29 ވާ ހުކުރު ދުވަހުގެ 2:00 އިން ފެށިގެން 6:00 ގެ ނިޔަލަށް ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސް ވިއްކުމުގެ މި ޕްރޮގްރާމްގައި ގަސްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 25 ރުފިޔާ އިން ފެށިގެން 100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް ޑަބްލިއުޑީސީން މައުލޫމާތު ދެއެވެ.

މި ހަރަކާތުގައި އެކި ބާވަތުގެ މާ އަޅާ ގަހާއި، ތަރުކާރީ ގަހުގެ އިތުރުން ފަތްޕިލާވެލީގެ ގަސްތަކާއި މޭވާ ގަސް ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް