Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިލްސިލާ ގޭންގް މާރާމާރީތައް

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

21 މާރިޗު 2019 | ބުރާސްފަތި 13:17

ދެ މީހުުން ވެސް މަރާލީ ބަދަލު ހިފުމުގެ ގޮތުން

އަމަން ހަލީމް
އަމަން ހަލީމް | 21 މާރިޗު 2019 | ބުރާސްފަތި 13:17
މިދިޔަ އަހަރު މަރާލި އިބްރާހިމް އާގިލް

މިދިޔަ އަހަރު މަރާލި އިބްރާހިމް އާގިލް

މިދިޔަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް އާއި ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލީ ގޭންގް މާރާމާރީތަކުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ހޮމިސައިޑް ޔުނިޓްގެ އިސްވެރިޔާ މުހައްމަދު ސާމީ ވިދާޅުވީ، އެ ދެ މީހުންނަށް ވެސް ހަމަލާދިނީ އެ ދުވަސްވަރު މާލެ ތެރޭގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އިބްރާހިމް އާގިލް (19އ) މަރާލި މައްސަލައާ ގުޅޭ ގޮތުން ސާމީ ވިދާޅުވީ އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހު ވ. ފުލިދޫ އަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު މާލެއަށް ފޭބި ވަގުތު ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކުރިމަތިން އޮންނަ ތޮށިގަނޑު މަތިން ތޫނު އެއްޗަކުން ހަމަލާދީ ކަމަށެވެ. އާގިލް މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަން ސާމީ ފާހަގަކުރެއްވިއެވެ.

ސާމީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މީހާ ތަނަށް ތިން މީހަކު ހައްޔަރު ކުރެވި އެ ހުރިހާ އެއްމެންގެ މައްޗަށް ވެސް މިހާރު ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންނަކީ ސ. ހިތަދޫ ސުވޭބުހީނާގެ، އަލީ މިޖްވާދް މާލިކް އިބްރާހިމް (19އ)، ލ.ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު (19އ) އަދި ހއ. ދިއްދޫ ސްނޯބާޑް އިބްރާހިމް ވިޝާންއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާހު ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރި މަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ސާމީ ވިދާޅުވިއެވެ. ޝައްފާހުއަށް ހަމަލާދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ ސަރަހައްދަށް ދިޔަ ކަމަށާއި، އަދި ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ސާމީ ވިދާޅުވިއެވެ. އޭނާގެ ގައިގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައްފާހު މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކުރެވި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރާ ހަތަރު މީހުންނަކީ ސ. ހިތަދޫ މަލަ މުހައްމަދު އައިމަން ހަބީބް (27އ)، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް (19އ) ސ. ހިތަދޫ ޗަމަން ހުސައިން ނިހާދް އަހްމަދު (27އ) އަދި ކ. މާލެ ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމް (19އ) އެވެ. މި ހުރިހާ އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި، ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް