Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫޓްރެކްޓްގައި ދިން ބަޑީގެ ހަމަލާ

ޔޫޓްރެކްޓްގައި ދިން ބަޑީގެ ހަމަލާއާއި ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ: ފުލުހުން

ހަމަލާއާއި ގުޅިގެން 40 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރެވިފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 20 މާރިޗު 2019 | ބުދަ 11:36
ގޮކްމެން ތާނިސް ދަތުރުކުރަނިކޮށް ރޭލުން ނަގާފައިވާ ސީސީޓީވީ ފޮޓޮއެއް

ގޮކްމެން ތާނިސް ދަތުރުކުރަނިކޮށް ރޭލުން ނަގާފައިވާ ސީސީޓީވީ ފޮޓޮއެއް

ނެދަލެންޑްސްގެ ޔޫޓްރެކްޓްގައި ބަޑިން ހަމަލާދީ ތިން މީހުން މަރާލި ކަމުގެ ތުހުމަތު ކުރެވޭ ގޮކްމަން ތާނިސް ފިލަން ގެންގުޅުނު ކާރުތެރެއިން ފެނުނު ސިޓީއެއްގެ ސަބަބުން އެ އަމަލަކީ ޓެރަރިސްޓް އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށް ޔޫޓްރެކްޓްގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގޮކްމަންގެ އިތުރުން 40 އަހަރުގެ މީހަކު ވެސް މި މައްސަލައާއި ގުޅިގެން މިހާރު ހައްޔަރުކުރެވިފައިވާ ކަމަށެވެ. އޭނާ މި ހަމަލާގައި ބައިވެރިވީ މިންވަރު ކަނޑައެޅުމަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ހޯމަ ދުވަހު ހައްޔަރުކުރެވުނު އިތުރު ދެ މީހަކު މިހާރު ދޫކޮށްލެވިފައިވާ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ. ހަމަލާދިން ތާނިސްއަކީ ފުލުހުން ކުރިން ވެސް ބަލަމުން ދިޔަ މީހެއް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

ހައްޔަރު ކުރި ވަގުތު ތާނިސް އަތުން ބަޑިއެއް ފެނުނު ކަމަށް ޕްރޮސިކިއުޓަރުން ވަނީ ބުނެފައެވެ. އަދި އޭނާ ފިލަން މަސައްކަތް ކުރީ ހަމަލާދިން ސަރަހައްދުން ވަގަށް ނެގި ކާރެއްގައި ކަމަށް ވެސް ޕްރޮސިކިއުޓަރުން ވަނީ ހާމަކޮށްފައެވެ.

ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް ތާނިސް ދަންނަ ފަރާތްތަކުން ބުނެފައިވަނީ އޭނާއަކީ އަބަދުވެސް ކުށްކުރަމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ރޭޕްގެ ދައުވާއަކާއި އެހެނިހެން ކުދި މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވާފައިވާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޔޫޓްރެކްޓްގައި ދިން ބަޑީގެ ހަމަލާގައި ތިން މީހުން މަރުވެ އިތުރު ތިން މީހަކަށް އެކިވަރުގެ ޒަހަމް ލިބިފައިވެއެވެ. މި ހަމަލާއާއި މުސްލިމުންނާ ގުޅުވާއިރު، ނިއުޒިލެންޑުގެ ކްރައިސްޗާޗްގައި މިދިޔަ ހުކުރު ދުވަހު މުސްލިމުންނަށް އަމާޒުކޮށް ދިން މި ކަހަލަ ހަމަލާއެއްގައި ވަނީ 50 މީހަކު މަރާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު