Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާނު އިޑާއީ

ތޫފާނު އިޑާއީގައި މަރުވި މީހުންގެ އަދަދު 1000އަށް އަރާފާނެ: މޮޒަމްބީކުގެ ރައީސް

19 މާރިޗު 2019 | އަންގާރަ 12:09

ރަސްމީ ހިސާބުތަކުން ދައްކަނީ 84 މީހުން މަރުވީ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 19 މާރިޗު 2019 | އަންގާރަ 12:09
މޮޒަމްބީކުގެ ބެއިރާގެ ވައިގެ ބަނދަރުގައި އޮތް ފްލައިޓެއް ހަލާކުވެފައި

މޮޒަމްބީކުގެ ބެއިރާގެ ވައިގެ ބަނދަރުގައި އޮތް ފްލައިޓެއް ހަލާކުވެފައި

މޮޒަމްބީކަށް އެރި ތޫފާޏު އިޑާއީގައި މަރުވި މީހުންގެ އަދަދު 1000އަށް ވުރެ މައްޗަށް އަރާފާނެ ކަމަށް އެ ގައުމުގު ރައީސް ފެލީޕޭ ޔޫސީ ވިދާޅުވެއްޖެއެވެ.

ތޫފާނުގައި ގެއްލުން ލިބުނު ހިސާބުތައް ފްލައިޓެއްގައި ބެއްލެވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޔޫސީ ވިދާޅުވީ ރަސްމީ ހިސާބުތަކުން އަދި މިހާތަނަށް 84 މީހުން މަރުވެފައިވާކަމަށް ދެއްކި ކަމުގައިވީ ނަމަވެސް މި އަދަދު 1000އަށް އަރާފާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ތޫފާނުގެ ސަބަބުން އެއްލައްކަ މީހުން އަދިވެސް ތިބީ ނުރައްކަލުގެ ތެރޭގައި ކަމަށް ވެސް ޔޫސީ ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފްލައިޓުގައި މަތިން ދިޔަ ގަޑީގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުނު ކަމަށެވެ.

މީގެ އިތުރުން ކޯރުތައް ބަންޑުން ޖެހުމާއި ގުޅިގެން ބައެއް އަވަށްތައް އެއްކޮށް ނެތި ގޮސްފައިވާ ކަމަށް ޔޫސީ ވިދާޅުވިއެވެ. އަދި ބައެއް ސަރަހައްދުތަކަށް ވަދެވޭ މަގުތައް އެއްކޮށް ބަންދުވެފައި ވުމުން އެހީ ފޯރުކޮށް ދިނުމުގައި ގިނަ ދަތިތަކާއި ކުރިމަތި ލާން ޖެހުފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ތޫފާނުގައި އެންމެ ގެއްލުން ލިބުނު އެއް އަވަށަކީ މޮޒަމްބީކްގެ ބެއިރާއެވެ. އެ ސަރަހައްދުގެ ހުރިހާ ހިސާބުތަކެއް ކަހަލަ ގޮތަކަށް ހަލާކުވެފައިވާ އިރު، މުއާސަލާތީ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ތޫފާނު އިޑާއީގައި އެ އަވަށުގެ އެއަރޕޯޓާއި މަގުތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ރެޑް ކްރޮސްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު މޮޒަމްބީކް އާއި އަވަށްޓެރި މަލާވީ އަދި ޒިމްބާބްވޭއަށް މި ތޫފާނުގެ އަސަރުކޮށްފައިވާ އިރު، މިހާތަނަށް 150 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އދ.އިން ވަނީ ރިޕޯޓްކޮށްފައެވެ. ތޫފާނު އިޑާއީގެ އަސަރު 1.5 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށް ވެސް އދ.އިން ވަނީ އަންދާޒާ ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް