Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

މި ސަރުކާރުގައި ޔަޤީންވެފައިވަނީ ކޮރަޕްޝަން އެކަނި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 03:17
ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ބައިވެރިވެވަޑައިގެން

ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ބައިވެރިވެވަޑައިގެން

އަޑިއަޑިން ޑީލްތައް ހައްދަވައި، ރާއްޖެގެ ހުރިހާ ރަށްތަކާއި ފަރުތައް ވިއްކަވާލެއްވުމަށްފަހު، ރައީސް އަބްދުﷲ ޔަމީން 2018 ވަނަ އަހަރު ޤައުމު ދޫކުރައްވާ ފިއްލަވާ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ތުހުމަތުކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ވިދާޅުވީ ސަރުކާރުގެ އިސްވެރިން، ހުރިހާ ހިދުމަތެއް ޔަޤީންކޮށްދެއްވުނުކަމަށް ވިދާޅުވެ ފޮނި ވާހަކަތައް ދެއްކެވި ނަމަވެސް އެއްވެސް ކަމެއް ޔަޤީން ނުވާ ކަމަށެވެ. ހަމައެކަނި ޔަޤީންވެފައި ވަނީ ކޮރަޕްޝަނާއި ވައްކަން ކަމަށާއި، މުޅި ސަރުކާރުގައި ވެސް އޮތީ ކޮރަޕްޝަނާއި ވައްކަން ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ފެއިލްވެފައި ވާއިރު، ވައްކަންކުރާ މީހުންނަށް އެކަމުގެ އަދަބު ވެސް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީ ސީދާ ސަރުކާރުގެ ވެރިން ބައިވެރިވެ ހިންގާފައިވާ ބޮޑު ވައްކަމެއް ކަމަށާއި، އެކަމުގެ ޒިންމާ ރައީސް ޔާމީން ސީދާ ގޮތުން ނަންގަންވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ރައްޔިތުންނަށް ޔަޤީން ވެފައިވަނީ މިސަރުކާރުން ވައްކަން ކުރާނެކަން. މިސަރުކާރުގެ ހުރިހާ މުއައްސަސާއަކުންވެސް ވައްކަން ކުރަނީ. ވައްކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ފަރާތަކަށް އެކަމުގެ އަދަބެއް ނުދޭ. އެމްއެމްޕީއާރްސީގެ ވައްކަމަކީ ސީދާ މިސަރުކާރުގެ އިހުމާލުން ކޮށްފައިވާ ކަމެއް. އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމިން ނަންގަވަން ޖެހިވަޑައިގަންނަވާނެ." ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ ވައްކަންތައްކުރުމަށްފަހު، މިއަދު އަޑުއިވޭ ވާހަކައަކީ ފ. އަތޮޅު ވިއްކާލަން އުޅޭ ވާހަކަ ކަމަށާއި، ރައްޔިތުންނަށް ހަޤީޤަތް ނޭނގޭގޮތަށް މިހާރު ރާއްޖޭގެ ހުރިހާ ރަށަކާއި ފަޅެއްވެސް ވިއްކަލަފާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ފެންނަ މަންޒަރަށް ބަލާއިރު، ޤަބޫލުކުރެވެނީ ސަރުކާރުން ރަށްތައް ވިއްކަވާލެއްވުމަށްފަހު ރައީސް ޔާމީން ޤައުމު ދޫކުރައްވާ ވަޑައިގަންނަވާނެކަން ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އެގޮތުން ޑީޑީ ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީން ޤައުމު ދޫކޮށް ފިއްލަވާނެ ކަމަށެވެ.

"މިއީ ރައްޔިތުންގެ ފައިސާ ދެއްތޯ. މިއީ ރައީސް އަބްދުﷲ ޔާމީންގެ ޖީބުން ނަގާ ފައިސާއެއް ނޫން ދެއްތޯ. މިއަދު މި ފެންނަނީ ދަރަނި އަދާކުރަން އަނެއްކާ ލޯނުތައް ނަގާ ތަން. ދަރަނި އަދާކުރަން އަނެއްކާ ދަރަންޏަށް ފައިސާ ނަގާ ވާހަކަ މި ދައްކަނީ. އަނެއް ދުވަހު އަޅުގަނޑުމެންނަށް މި އަޑުއިވެނީ ފ. އަތޮޅު ވިއްކާލުމަށް ޑީލްތައް ހެދި ވާހަކަ. އޭގެ ނާޖާއިޖް ފައިދާ ނަގަމުންދާތަން. އަޅުގަނޑަކަށް ނޭނގޭ މިއަދު އަޑިއަޑިން އެންމެ އަތޮޅެއްވެސް ވިއްކާނުލާ އޮތް ކަމެއް." ޑރ. ޑީޑީ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު