Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތުން ޑްރައިވަރަކު ވަކިކުރު

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

ވަޒީފާއިން ވަކިކުރީ ޕީޕީއެމަށް ވަނުމަށް އެދެމުން ދިއުމަށްފަހުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 22:29
އެމްބިއުލާންސެއް:މިލަންދޫ ޑްރައިވަރު ވަނީ ވަޒީފާއިން ވަކިކޮށްފައި

އެމްބިއުލާންސެއް:މިލަންދޫ ޑްރައިވަރު ވަނީ ވަޒީފާއިން ވަކިކޮށްފައި

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނަބަލުން މެޑަމް ފާތިމަތު އިބްރާހީމަށް ނިސްބަތްކޮށް ސޯޝަލް މީޑިޔާގައި ތަކެތި ލިޔުމާއި ޕޯސްޓް ކުރާކަމަށް ބުނެ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ށ މިލަންދޫ ސިއްޙީ މަރުކަޒުގެ ޑްރައިވަރު އެރަށު ކެތީހައުސް އަހުމަދު ޝިޔާމެވެ.

Advertisement - newsAdvertisement

އަހުމަދު ޝިޔާމް ވަޒީފާއިން ވަކިކޮށް އޭނާއަށް ހެލްތު މިނިސްޓްރީން ދިން ލިޔުމުގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ސޯޝަލް މީޑިޔާ (ފޭސްބުކް) ގައި ޕޯސްޓް ކުރުމާއި އެފަދަ ޕޯސްޓްތައް ޝެއަރ ކުރަމުންދާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބުމާއި ގުޅިގެން، އަހުމަދު ޝިޔާމްގެ ބަހެއް ހޯދުމަށް 15 ފެބްރުއަރީ 2017 ގައި ނެގުނު ބަޔާނުގައި އެއެކައުންޓަކީ އަހުމަދު ޝިޔާމްގެ އެކައުންޓެއް ނޫންކަމަށް ބުނިކަމުގައި ވިޔަސް، ލިބިފައިވާ ލިޔުންތަކާއި ހޯދުނު މއުލޫމާތައް ބަލާއިރު އެއަކުންޓަކީ އަހުމަދު ޝިޔާމްގެ އެކައުންޓެއްކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އެކަމަކީ ސިވިލް ސަރވިސް ޤަވާއިދުގެ ޗެޕްޓަރ 2 ގައި ބުނާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ކޮންމެ މުވައްޒަފެއްގައި ހުންނަން ޖެހޭ ސިފަތަކާ ޚިލާފް ޢަމަލެއް ކަމަށް ބެލެވޭތީއާއި މުވައްޒަފުންގެ ކިބައިގާ ހުންނަންޖެހޭ އަޚްލާގީ މިންގަނޑަށް ނުފެތޭ ޢަމަލެއް ކަމަށް ފެންނާތީއާއި، އަދި އެކަމަކީ ސިވިލް ސަރވިސް ޤަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 09 ވަނަ ނަންބަރުގައިވާ ދައުލަތާއި ސަރުކާރާއި އޮފީސް ބަދުނާމްވާފަދަ ޢަމަލެއްކަމަށް ބެލެވޭތީ މިނިސްޓްރީގެ އެޗް.އާރ.އެމް.ޑީ. ކޮމެޓީން އަހުމަދު ޝިޔާމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ގަވައިދުގައި ތިންފިޔަވަޅެއް އެޅިދާނެ ކަމަށް ބުނެފައިވާއިރު، ޝިޔާމްއަށް އެޅުމަށް ނިންމާފައިވަނީ ވަޒީފާއިން ވަކިކުރުމެވެ. އަދި 5 ދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ސަބަބުތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތުދީ އެމުއްދަތުގެ ތެރޭގައި ޖަވާބުދާރީ ނުވިއަސް ކަނޑައަޅާފައިވާ ފިޔަވަޅު ތަންފީޒް ކުރެވޭނެ ކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

ގާތްގަނޑަކަށް 12 އަހަރު ވަންދެން އެވަޒީފައި އުޅެފައިވަނިކޮށް ވަޒީފާއިން ވަކިކޮށް ޝިޔާމަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އަޅާފައިވާ ފިޔަވަޅަށް ބަދަލެއް ގެނެވޭނީ އެކަށީގެންވާ ސަބަބުތައް މުވައްޒަފުގެ ފަރާތުން ހުށަހަޅާފައިވާކަމަށް މިނިސްޓްރީއަށް ފެންނަ ހިނދެއްގައި ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ޝިޔާމް ބުނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ރައީސާއި މެޑަމްއަށް ފޭސްބުކްގައި ފާޑުކިޔާކަމަށް ބުނެ އެއްމަސްދުވަސްވަންދެން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ފަހުގައި ކަމަށެވެ. އަދި ޕީޕީއެމަށް ވަނުމަށް ބުނަމުންދާތާ ދުވަސްތަކަކަށްފަހު ކަމަށެވެ.

މިފަހަކަށް އައިސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި މިސަރުކާރާއި ސަރުކާރުގެ ވެރިންގެ ޢަމަލްތަކާއި ގުޅޭގޮތުން ފާޅުގައާއި ސިއްރުން ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު