Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ19

ރުކުމާގެ ނަން ނެންގެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

12 މާރިޗު 2019 | އަންގާރަ 11:41

86 ދާއިރާގެ ތެރެއިން ދެރަ އަޚްލާގެއްގައި ފެނުނީ އެންމެ ކުއްޖެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 މާރިޗު 2019 | އަންގާރަ 11:41
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ އަހުމަދު)

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ އަހުމަދު)

އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ އަހުމަދު) އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަނުކުރައްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އއ. އުކުޅަހުގައި ބޭއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތޮއްޑޫ ދާއިރާއަށް ޝިޔާނާ އެކު ވާދަކުރައްވައި ނާކާމިޔާބުވި ހުސައިން ސަމީރަކީ ނަމޫނާ ދެ ބޭފުޅުން ކަމަށެވެ. އެ ދެ ބޭފުޅުން ފެނުމުން ހަމަތަކެއް ގަބޫލުކުރައްވާ އެ ދެ ބޭފުޅުންގެ އަޚުލާގު އެނގިވަޑައިގެންފި ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވި ކެންޑިޑޭޓުން ނެރުމަށް އިންތިހާއަށް ސުޕްރީމް ކޯޓު ލައްވާ ބަޔަކު މަސައްކަތް ކުރުވި ކަމަށާއި އެ މަސައްކަތުން އެ ޕާޓީ އިން ހަގީގަތުގައި ނިކުންނެވީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެމަނިކުފާނަށް ފެނުނީ އެމްޑީޕީ ކެންޑިޑޭޓުންގެ ތެރެއިން "ދެރަ އަޚުލާގުގެ" އެންމެ ކެންޑިޑޭޓެއް ކަމަށާއި އެކަންތައްތައް ނުކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

Advertisement - newsAdvertisement

މުހައްމަދު އަބްދުލް ކަރީމް އެދާއިރާއަށް ކުރިމަތިނުލައްވާ އަނބުރާ ނަން ނެންގެވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެގޮތަށް ކަންތައްތައް ނުކުރައްވައިފި ނަމަ އެމަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ ހުރިހާ ގެއަކަށް އަމިއްލަފުޅަށް ވަންނަވައި އެ ދާއިރާ އިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުސެއިން ޝަމީމް (އަނދުން ހުސައިން) އަށް ކެންޕެއިން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ހުކުމް ނެރުއްވައިގެން މީހުން ލައްވާ ކުރިމަތިލައްވަން އުޅުއްވައިފި. 86 ދާއިރާގެ ތެރެން ހަގީގަތުގައި ނިކުތީ އެންމެ މީހެއް. އެމްޑީޕީގެ އުސޫލުތަކެއް ގަބޫލުކުރާ އެމްޑީޕީގެ ހަމަތަކެއް ގަބޫލުކުރާ އެންމެ މީހެއް. ހެންވޭރު ދެކުނު އަހުމަދު، އޭނާއަކީ ދާއިރާގެ މީހަކަށް އުޅެ ކައުންސިލަށް އިންތިޚާބުވެ އަދި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ބޭފުޅެއް. އަޅުގަނޑު އުފާވަނީ 86 ދާއިރާގެ ތެރެއިން ދެރަ އަޚްލާގެއްގައި ފެނުނީ އެންމެ ކުއްޖެއް. އަޅުގަނޑު އުއްމީދުކުރަން އަހުމަދު ވެސް ވީހާ ވެސް އަވަހަށް އަނބުރާ ނުކުންނަވާ އޭނާ އަނބުރާ އައިސް އެ މަސައްކަތް އަނބުރާ ނުކުރައްވާނެ ކަމަށް. ކުރައްވައިފިއްޔާ ހުރިހާ ގެއަކަށް އަޅުގަނޑު ވަންނާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ގޮނޑި މާ ބޮޑަށް ނަގާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު ރުކުމާ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވީ، ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.

ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން، ޕާޓީން ވަކިވެ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަކީ ވަރަށް ބޮޑު ބޭވަފާތެރި ކަމެއް ކަމަށް ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރުކުމާގެ އިތުރުން ޕްރައިމަރީގައި ބަލިވި އިތުރު ތިން ފަރާތެއް ވެސް ވާދަކުރެއެވެ. އެއީ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި އަބްދުﷲ ޖާބިރާއި އިހަވަންދޫ ދާއިރާގެ މިހާރު ވެސް މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ހިތަދޫ އުތުރު ދާއިރާއަށް އަހުމަދު މުހައްމަދެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް