ރައީސް ނަޝީދު އއ އަތޮޅަށް ވަޑައިގެންފި
12 މާރިޗު 2019 | އަންގާރަ 03:58މިރޭ ތޮއްޑޫގައި ބޮޑު ޖަލްސާ އޮންނާނެ

ދާނިޝް ނިޡާމް | 12 މާރިޗު 2019 | އަންގާރަ 03:58

ރައީސް ނަޝީދު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަރިއަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި މަތިވެރިއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މަތިވެރި ދާއިރާއަށާއި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް 2 ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ މަތިވެރި ދާއިރާގެ 2 ރަށަކަށް ވަޑައިގަތުމުގެ އިތުރުން ތޮއްޑޫ ދާއިރާގެ ހުރިހާ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ވަނީ މިރޭ ތޮއްޑޫގައި އެ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެވެ.









