Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޫޓިންއާ ދެކޮޅު ހަރަކާތްތައް

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

އެކި ސިޓީތަކުގައި މުޒާހަރާތައް ކުރިޔަށް ގެންދިއަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އެޕްރީލު 2017 | އާދީއްތަ 08:04
ފުލުހުން ބުނީ އާއްމު ދިރިއުޅުމަށް ތަކުރާރުކޮށް އުނދަގޫކުރަމުން ދިއަ 100 މީހަކު ފުލުހުން ހުއްޓުވާފައިވާކަމަށް

ފުލުހުން ބުނީ އާއްމު ދިރިއުޅުމަށް ތަކުރާރުކޮށް އުނދަގޫކުރަމުން ދިއަ 100 މީހަކު ފުލުހުން ހުއްޓުވާފައިވާކަމަށް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ވްލާޑިމިއަރ ޕޫޓިން ވާދަކުރައްވަފާނެ ކަމަށް ބެލެވޭތީ އެކަން ބަދަލުކުރުމަށް ގޮވާލާ އެތައް ސަތޭކަ ބަޔަކު ކުރަމުން ދިޔަ މުޒާހަރާގައި ސެއިންޓް ޕީޓަރސްބާރގުން ހޮނިހިރު ދުވަހު 100 އަށްވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފިއެވެ.

އެތައް ސިޓީއެއްގައި މި މުޒާހަރާތައް ކުރިޔަށް ގެންގޮސްފައިވަނީ "މީނާއާ ހެދި ބަލިވެއްޖެ" މި ޝިއާރުގެ ދަށުންނެވެ.

މި މުޒާހަރާއަށް ގޮވާލީ ފާޑުކިއުންތެރިއެއް ކަމަށްވާ މިޚެއިލް ޚޮދޯރްކޯސްކީ އުފައްދާފައިވާ އޯޕަން ރަޝިއާ މޫވްމެންޓުންނެވެ.

އޭއެފްޕީ ނޫސްއެޖެންސީން ބުނާ ގޮތުން ސެއިންޓް ޕީޓާސްބާގްގެ މެދުތެރެއަށް 200 އެއްހާ މީހުން ވަނީ ޖަމާވެފައެވެ.ސިޔާސީ އިދިކޮޅު ހަރަކާތްތައް މޮނިޓަރ ކުރާ ގްރޫޕެއް ކަމަށްވާ އޯވީޑީ-އިންފޯ އިން ބުނީ 110 އަކަށްވުރެ ގިނަ މީހުން ރަޔަޓް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

ސެއިންޓް ޕީޓާސްބާރގްގެ ފުލުހުން ބުނެފައި ވަނީ އާއްމު ދިރިއުޅުމަށް ތަކުރާރުކޮށް އުނދަގޫކުރަމުން ދިޔަ 100 މީހަކު ފުލުހުން ހުއްޓުވާފައި ވާކަމަށެވެ. ނަމަވެސް ހައްޔަރު ކުރި ކަމަށް ބުނެފައެއް ނުވެއެވެ.

އުމުރުފުޅުން 64 އަހަރުގެ ޕޫޓިން އަންނަ ރިޔާސީ އިންރިޚާބުގައި ވާދަކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި އިއުލާނު ކުރައްވާފައެއް ނުވެއެވެ. ރަޝިޔާގެ ސިޔާސީ މައިދާނުގައި ވެރިކަން ކުރައްވަމުން ގެންދަވާތާ 17 އަހަރު ވެފައިވާ ޕޫޓިންނަކީ އަދިވެސް އެގައުމުގައި މަގްބޫލް ޝަޚްސިއްޔަތެކެވެ.

މޮސްކޯގައި ވެސް އެވަރުގެ އެއްވުމެއް ބާއްވާފައިވާއިރު އެ އެއްވުމަކީ ސުލްހަވެރި އެއްވުމެކެވެ. މުޒާހަރާގެ ބައިވެރިން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް އެދި ލިޔެފައިވާ ލިއުމެއް އެރުވުމަށް ސަފުހަދައގެން ތިބެފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު