Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް ފައިސަލް

ނައިބު ރައީސް ފިންލޭންޑަށް

ފިންލޭންޑަށް ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ މާރޗް 8 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މާރިޗު 2019 | ހުކުރު 02:24
ފައިސަލް ނަސީމް ބާލިންއަށް ފުރާވަޑައިގަތުމުގެ ކުރިން - ބާލިން ދަތުރު ނިންމަވާލެއްވުމަށް ފިންލޭންޑަށް ވަޑައިގަންނަވަނީ

ފައިސަލް ނަސީމް ބާލިންއަށް ފުރާވަޑައިގަތުމުގެ ކުރިން - ބާލިން ދަތުރު ނިންމަވާލެއްވުމަށް ފިންލޭންޑަށް ވަޑައިގަންނަވަނީ

ތައުލީމީ މަޝްވަރާތައް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ފިންލޭންޑަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމަނިކުފާނު ފިންލޭންޑަށް ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ މާރޗް 8 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާރޗް 11 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ފިންލޭންޑަކީ އެންމެ ކުރިއަރާފައިވާ ތައުލީމީ ނިޒާމު އޮތް ޤައުމުކަމަށްވާއިރު އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފިންލޭންޑްގެ ތައުލީމީ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތް ބައްލަވާލައްވާނެއެވެ. ރާއްޖޭގެ ތައުލީމީ ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށާއި ޒަމާނުއްސުރެ ރާއްޖޭގައި ކިޔަވައިދެމުން އަންނަ ގޮތްތަކަށްވުރެ ރަނގަޅު ގޮތްތަކެއް އެބަޖެހޭ ހޯދަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފިންލޭންޑުން ތައުލީމީ ނިޒާމް ބައްޓަންކޮށްފައިވާ ގޮތްތަކަށް ބެލުމަށްފަހު ރާއްޖޭގައި އެކަންތައްތައް އިމްޕްލިމެންޓް ކުރެވޭނެ ގޮތްތައް ވެސް ބައްލަވާނެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރާއްޖޭގައި ސުކޫލްތައް ޑިޒައިން ކުރާއިރު އެންމެ ޒަމާނީ ފެންވަރަށް ޑިޒައިން ކުރެވެން ޖެހޭނެ ކަމަށެވެ.

ޓީޗަރުން އިތުރަށް ކުރިއެރުވާނެ ގޮތްތައް ހޯދާ މަސައްކަތަށް އަހުލުވެރި ދަރިވަރުން ބިނާކުރުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތައުލީމީ ނިޒާމް އިތުރަށް ކުރިއެރުވާއި ހަރުދަނާކުރުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނާއެކު ހަޔަރ އެޑިއުކޭޝަން އެންޑް ސޯޝަލް ޕޮލިސީ އެޑްވައިޒަރ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު