Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯނީ ކްރޫސް

މި ސީޒަނަށްފަހު ސިޓީއަށް ކްރޫސް ބަދަލުވަނީ

7 މާރިޗު 2019 | ބުރާސްފަތި 02:14

ރެއާލްއާއެކު ކްރޫސް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 7 މާރިޗު 2019 | ބުރާސްފަތި 02:14
ޓޯނީ ކްރޫސް

ޓޯނީ ކްރޫސް

މި ސީޒަނަށްފަހު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރ ޓޯނީ ކްރޫސް މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުން މި ސީޒަނަށްފަހު ކްރޫސް ރެއާލް ދޫކޮށްލާނެއެވެ. އަދި އޭނާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސިޓީއަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލްއާއެކު ކްރޫސް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާއިރު، އެ އެއްބަސްވުން އޭނާ އާކުރާނެ ކަމަށް ނުބެލެވެއެވެ.

ބަޔާން މިއުނިކުން ކެރިޔަރު ފެށި ކްރޫސް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ، ޖަރުމަން އަދި ފްރާންސްގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

އެހެންނަމަވެސް ކްރޫސް އެންމެ ފަހުން ބުނެފައި ވަނީ އޭނާ ރެއާލްގައި ދިގުމުއްދަތެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ބަޔާން މިއުނިކް އަށް ކުޅުނު 205 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައިވާ ކްރޫސް ވަނީ އެޓީމާ އެކު ބުންޑަސްލީގާ ތިންފަހަރު، ޖަރުމަން ކަޕް ތިންފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވާރލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން ދޫކޮށްލުމަށް ފަހު ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކްރޫސް 2014 ވަނަ އަހަރު ރެއާލް އަށް ބަދަލުވިއިރު، އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 224 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްރޫސް ވަނީ ރެއާލްއާއެކު ތިން ޔުއެފާ ޗެމްޕިއަންސް ލީގާއި، ތިން ފީފާ ކްލަބް ވޯލްޑް ކަޕާއި، ދެ ޔުއެފާ ސުޕާ ކަޕާއި، ސްޕެނިޝް ލަލީގާއެއްގެ އިތުރުން ސްޕެނިޝް ސުޕާކަޕެއްވެސް ކާމިޔާބުކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކްރޫސް ވަނީ ގައުމީ ޖޯޒީގައި ކުޅުނު 91 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
16 އެޕްރީލު 2017

ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް

16 އެޕްރީލު 2017
ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ސިޓީއަށް މޮޅެއް
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް