Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ - ޕާ

އިންޑިއާއިން ހަމަލާދީ ގޮއްވާލި ކަމަށް ބުނި ޖައޭޝްގެ ސްކޫލް އަދިވެސް އެބަހުރި

6 މާރިޗު 2019 | ބުދަ 14:25

އެ ސަރަހައްދުގައި ހުރި އެއްވެސް ތަނަކަށް ބޮމުން ގެއްލުން ލިބިފައިވާ ކަމަކަށް ސެޓެލައިޓް މަންޒަރުތަކުން ނުދައްކާ

އަމަން ހަލީމް
އަމަން ހަލީމް | 6 މާރިޗު 2019 | ބުދަ 14:25
ރޮއިޓާރޒްއިން އާއްމުކުރި ސެޓެލައިޓް ފޮޓޯތައް

ރޮއިޓާރޒްއިން އާއްމުކުރި ސެޓެލައިޓް ފޮޓޯތައް

އިންޑިއާއިން ބޮންއަޅާ ގޮއްވާލި ކަމަށް ބުނި ޖައޭޝް-އީ-މުހައްމަދު ޖަމާއަތުގެ މަދަރުސާއަށް އެ ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުލިބޭ ކަން ސެޓެލައިޓް މަންޒަރުތަކުން ކަށަވަރުވެއްޖެއެވެ.

ޕާކިސްތާނުގެ ބަލަކޯޓް ސަރަހައްދުގައި ހުރި ޖައޭޝް ޖަމާއަތުގެ މަދަރުސާއަށް ހަމަލާދީ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާގެ ޕްރައިވެޓް ކުންފުންޏަކުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އިންޑިއާއިން ހަމަލާދިން ކަމަށް ބުނާ ސަރަހައްދުގައި ހުރި އެއްވެސް ތަނަކަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސެޓެލައިޓް ފޮޓޯތަކާއި ގުޅިގެން މިހާތަނަށް އިންޑިއާގެ ހާރިޖީ ވުޒާރާއިންނާއި އަސްކަރިއްޔާއަކުން ވެސް އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ އަސްކަރިއްޔާގެ ޖެޓުތައް ވަދެ ދިން ހަމަލާގައި އެއްވެސް ތަނަކަށް ގެއްލުމެއް ނުވާ ކަމަށާއި އެއްވެސް މީހަކު ވެސް މަރުނުވާ ކަމަށް މީގެ ކުރިން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑިއާގެ ބޮންތައް ވެއްޓިފައި ވަނީ ދަނޑަކަށާއި، މީހުން ނޫޅޭ ޖަންގަލީ ސަރަހައްދަކަށެވެ.

އޭގެ ފަހުން އިންޑިއާގެ ދެ ޖެޓެއް ޕާކިސްތާނުން ވައްޓާލާފައިވާ އިރު، ޕާކިސްތާނުން ހައްޔަރު ކުރި އިންޑިއާގެ ޕައިލެޓު ވެސް އެ ގައުމުން ވަނީ އިންޑިއާއާއި ހަވާލުކޮށްފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް