Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނަޝީދު

ކ. މާފުށީ ރައްޔިތުންނަށް މާފުށި އެކީ ދޭނެ: ނަޝީދު

5 މާރިޗު 2019 | އަންގާރަ 19:12

ކައުންސިލްތަކާއި ގުޅިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 މާރިޗު 2019 | އަންގާރަ 19:12
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި

ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނައުމަށް ކ. މާފުށީ ރައްޔިތުންނަށް މާފުށި އެކީ ދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފުށީގައި ކުރިއަށްދިޔަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން ކުރާ އެންމެ މުހިންމު އެއްކަމަކީ މާފުށީގެ މިލްކުގައި ހިމެނޭ ހުރިހާ ބިމަކާ، ހުރިހާ ރުށް ގަހަކާ، ފަޅުތެރޭގައިވާ ހުރިހާތަނެއް ރައްޔިތުންދިނުން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، މާފުށި، މާފުށީ ރައްޔިތުންނަށް ދިނުމުން އެރައްޔިތުން ބޭނުންވާ ތަރައްގީ އެރަށަށް ގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ފާހަގަކުރައްވާފައިއެވަނީ އެމްޑީޕީގެ އެޖެންޑާ 19ގެ ތެރެއިން ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ރަށާއި، ރަށުގެ ފަޅު ހިމެނޭގޮތަށް ހުރިހާ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ނިންމެވުމަށެވެ.

މާފުށީ ފަޅުތެރެއިން ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ ނަޝީދު ވިދާޅުވީ ސަރުކާރުން ބިން ހިންކާނެ ދުވަހަކަށް އެރަށުގެ ރައްޔިތުން އިންތިޒާރުގައި ތިބޭކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ނަމަވެސް ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށެވެ. އަދި އަމިއްލައަށް އެމަސައްކަތް ކުރަން އެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކައުންސިލުން ހިންގަން ފެށުމުން ރަށުގެ ރައްޔިތުންނާއެކު މިމަސައްކަތް ކުރެވޭނެ ކަމަށާއި، ކައުންސިލުން މިމަޝްރޫއު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކުރުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

"ހަމައެކަނި ކައުންސިލުން ހައްދަވަން ޖެހޭނީ ޓެންޑަރެއް ނެރުއްވަން މިތަނުގައި ބިން ހިއްކާނެ ފަރާތެއް އެބަ ހޯދަމޭ، އެބަޔަކަސް މިވެނި އެއްޗެއް ދޭނަމޭ. ހިއްކާ ބިމުން ކޮންމެސް އެއްޗެއް ދެވިދާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގައި ތަނަވަސްކަން ގެނައުން ކަމަށާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ޕާޓީން ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދޭނެ ކަމަށެވެ. އެގޮތުން ކަރަންޓުގެ ޔުނިޓަށް ބެލުމެއް ނެތި ދެރުފިޔާ ބަޔަށް ކަރަންޓު އަގު ހެޔޮ ކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާފުށީގެ އާބާދީ ބޮޑުވެގެން އަންނައިރު، ތަރައްގީ ކުރާއިރު، އަންނަން އޮތް ޖީލްތަކަށް ވެސް ތަނަވަސްދިރިއުޅުމެއް ހޯދޭނެ ގޮތަށް އެރަށް ރައްދުކޮށްދޭން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް