Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ

ބަރނީ ސޭންޑަރސް ރިޔާސީ ރޭހަށް ނުކުންނަވަން ކެމްޕެއިން ފައްޓަވައިފި

3 މާރިޗު 2019 | އާދީއްތަ 08:06

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާކަން 10 ބޭފުޅަކު އިއުލާނުކުރައްވާފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 3 މާރިޗު 2019 | އާދީއްތަ 08:06

އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ސެނޭޓަރ ބަރނީ ސޭންޑަރސް އިއުލާނު ކުރައްވައިފިއެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ވާމޮންޓްގެ ގޮނޑި ތަމްސީލް ކުރައްވާ އުމުރުފުޅުން 77 އަހަރު ފުޅުގެ ސޭންޑަރސް 2016ވަނަ އަހަރު ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހިލަރީ ކްލިންޓަންއާ ވާދަކުރައްވައެވެ.

ކެމްޕެއިން ލޯންޗް ކުރެއްވުމަށް ނިއުޔޯކްގެ ބްރޫކްލިންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސޭންޑަރސް ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ އެމެރިކާގެ ތާރީޚު ދުށް "އެންމެ ނުރައްކާތެރި"ރައީސް ކަމަށެވެ.

ބަރނީ ސޭންޑަރޒް ދެވަނަ ފަހަރަކަށް ޑިމޮކްރެޓިކް ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަމުން ސޭންޑަރސް ވިދާޅުވީ، ވާދަކުރައްވަން ނިންމެވީ ދެ ސަބަބަކާއި ހުރެގެން ކަމަށެވެ. އެއް ކަމަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް ނިކުތުން ކަމަށާއި، އަނެއް ކަމަކީ 2016 ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރެއްވި މެނިފެސްޓޯގައި ހުރި ކަންކަން ކުރެއްވުމަށް ކަމަށެވެ. ބަރނީ ސޭންޑަރޒްގެ 2016 ވަނަ އަހަރުގެ މެނިފެސްޓޯގައި އެމެރިކާގެ ރައްޔިތުންނަށް ޔުނިވާރސަލް ހެލްތްކެއަރ އަދި މިނިމަން ވޭޖްގެ ގޮތުގައި ގަޑި އިރަކަށް 15 ޑޮލަރު ދޭނެ ކަމަށް ހިމަނާފައި ވެއެވެ.

ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް އިތުރު 10 ކެނޑިޑޭޓަކު ވާދާކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު އޭގެތެރޭގައި މަސަޗޫސެޓްސްގެ ސެނޭޓަރ އެލިޒަބްތު ވޮރެންއާއި ނިއުޖަރޒީގެ ސެނޭޓަރ ކޮރީ ބުކަރ އަދި ޓެކްސަސްގެ ސެން އެންޓޯނިއޯގެ މޭޔަރ ޖޫލިއަން ކާސްޓްރޯ ހިމެނިވަޑައިގަންނަވައެވެ.

ސޭންޑރސްވަނީ އޭނާގެ ވެރިކަން ވެގެންދާނީ ރައްޔިތުން އެއްބައިކުރުވާނެވެރިކަމެއްކަމަށް ވިދާޅުވެފައެވެ.

ސޭންޑަރސްގެ ކުރީގެ ވައުދުތައް ތަކުރާރު ކުރައްވާއިރު އެންމެ ދަށް މުސާރައިގެ ގޮތުގައި ގަޑިއަކަށް 7.25 އެމެރިކާ ޑޮލަރުގެ ބަދަލުގައި ގަޑިއަކަށް 15 އެމެރިކާ ޑޮލަރަށް ބަދަލުކުރައްވާނެކަމުގެ ވައުދުވަނީ މިފަހަރުވެސް ހިމަނުއްވާފައެވެ.

މީގެ އިތުރުން ލިޔެކިއުމެއް ނެތި އެމެރިކާގައި ތިބި ރެފިއުޖީން އެގައުމުގައި ތިބެވޭގޮތް ހައްދަވައި އިމިގްރޭޝަނަށް ބަދަލުތަކެއް ގެންނަވާނެކަމަށްވަނީ ވައުދުވެވަޑައިގެންފައެވެ.

ސިއްހީ ދާއިރާއަށް ބަދަލު ގެންނަވައި ޔުނިވާސަލް ހެލްތުކެއަރ ނިޒާމެއް ގާއިމްކުރެއްވުމާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ޓިއުޝަން ފީ ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސްވަނީ ވައުދުވެ ވަޑައިގެންފައެވެ.

ނަމަވެސް އެ ފަހަރު ހީކުރި ގޮތާ ހިލާފަށް ސޭންޑަރޒް ވަނީ ވަރުގަދަ ކެމްޕެއިންއެއް ކުރައްވައި ގިނަ ޒުވާން ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ފަހު، 52 ސްޓޭޓްގެ ތެރެއިން 23 ސްޓޭޓް ކާމިޔާބު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ

05 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ
01 ސެޕްޓެމްބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

01 ސެޕްޓެމްބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
05 އޯގަސްޓު 2017

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް