Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާ

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17ގައި ބާއްވަނީ

ކެންޔާގެ ސުޕްރީމް ކޯޓުން ދާދިފަހުން އަމުރުކޮށްފައި ވަނީ ކުރިއަށް އޮތް 60 ދުވަސް ތެރޭ ރިޔާސީ އިންތިޚާބު އަލުން ބާއްވަން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 10:28
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ކެންޔާގައި އަލުން ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބު މިއަންނަ އޮކްޓޯބަރު 17 ވަނަ ދުވަހު ބާއްވަން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ނިންމައިފިއެވެ.

ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ އަލުން އިންތިޚާބު ބާއްވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާގެ ނަންފުޅާއި މައި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާގެ ނަންފުޅާއި، ދެ ކެނޑިޑޭޓުންގެ ރަނިންމޭޓުންގެ ނަންފުޅު ކަމަށެވެ.

ކެންޔާގައި ދާދިފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކުރީ ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށްބުނެއެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ 1.4 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވަނީ ރައީސް އުހުރު ކެންޔައްޓާ އަށެވެ. އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެފައި ވަނީ ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާ ކަމަށާއި އެކަން ކުރީ ނަތީޖާ ބަދަލު ކުރުމަށް ކަަމަށެވެ. އަދި ނަތީޖާ ލިބުމާއިއެކު އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ ވަނީ ނަތީޖާ ގަބޫލު ނުކުރާ ކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު