Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތުގެ ތެރެއަށް ދާނެ: ނަޝީދު

އެޖެންޑާ ނަވަރާ ވާނީ ދަރަނި ފިލުވަދޭ އެއްޗަކަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 2 މާރިޗު 2019 | ހޮނިހިރު 20:12
ހަސަން ލަތީފުގެ ކެމްޕެއިން ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

ހަސަން ލަތީފުގެ ކެމްޕެއިން ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތުގެ ތެރެއަށް ރާއްޖެ ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ލަތީފްގެ ކެމްޕެއިން ފެށުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބެން ކޮންމެހެން ބޭނުން ކަމަށެވެ. މަޖިލީހަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅުންނަކީ ބަޢާވާތް ކުރުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ނަޝީދު ވިދާޅެއްނުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުދީފި ނަމަ ރައްޔިތުން އެ ތިބީ ބަޢާވާތަކަށް ވަރިހަމަ ކޮށްގެން ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ތެރޭގައި ސިފައިންގެ އިސް އޮފިސަރުން އެމަނިކުފާނަށް ގުޅުއްވައި ވެރިކަން ބަދަލުކުރާ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ބަދަލު ކުރަން ތިން ފުރުސަތެއް ރައީސް ޔާމިންގެ ވެރިކަމުގެ ތެރޭގައި ލިބުނު ނަމަވެސް އެ ކަން ކުރައްވަން ބޭނުންފުޅު ނުވީ ކަމަށެވެ.

"މިދިޔަ ފަސް އަހަރު އަޅުގަނޑަށް ވަރަށް ދެތައް މި ދަންނަވަނީ މަހެއް ދެ މަހެއް ނުދާނެ ސިފައިންގެ އިސް ބޭފުޅަކު އަޅުގަނޑަށް ގުޅުއްވާފައި ވެރިކަން ބަދަލުކުރާން ވެއްޖެ ކަމާއި މި ގޮތައް މި ކަންތައް ބާއްވައިގެން ނުވާނެ ކަމާ ކޮންމެހެންވެސް ވެރިކަން ފުރޮޅާލަން ޖެހޭ ކަމަށް އަޅުގަނޑަށް ލަފާ އަރުވަމުން ގެންދެވި. އަދި މި މާލޭގެ ކަމަވޮށިގެންވާ ހަރު މީހުންނާއި ޒުވާނުންވެސް އާންމުކޮށް ތަކުރާރުކޮށް އަޅުގަނޑު ގާތު ބުނަމުން ދިޔަ. ވަރަށް އުފާވޭ ވެރިކަން ބަދަލު ކޮށް ނުލެވުނީތީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލަށް މެމްބަރުން އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުންނަށް ވެފައިވާ ދަރަނި ފިލުވާ ތަނަކަށް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާ ވަހިކަން އެޖެންޑާ ނަވާރައިގެ ދަށުން އެމްޑީޕީން ފާސްކުރާ ގާނޫނުތަކުން ލިބިގެންދާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ނަޝީދު އާއި ހަސަން ލަތީފު

ނަޝީދު ވަނީ ޕީޕީއެމްގެ މެމްބަރުން އެމްޑީޕީގެ އެޖެންޑާ ނަވާރަގެ ލީފްލެޓްތައް ކިޔުމަށް އެދިވަޑައިގެންފައެވެ. އަދި މާލޭ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ދިނުމަށް އާދޭހާއެކު އެދިވަޑައިގެންނެވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ހަގީގަތް އެނގި ތިބެ އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް ބަޢާވާތަކުން ވެރިކަން ބަދަލުވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާއިރު އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ކަމަށް އެމްޑީޕީން ތުހްމަތުކުރާ ބައެއް ބޭފުޅުން މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު