Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުކުޅަސް

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

އެމްޑީޕީގެ ހަ މެމްބަރުން ހައްޔަރުކުރީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 16:01
އެމްޑީޕީން ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއް

އެމްޑީޕީން ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއް

އއ. އުކުޅަހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއަމަށް، ހުވަފެނަކުން ވެސް ނުލިބޭނެ ކަމަށް އެރަށު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށުގެ މެޖޯރޓީ ވެރިކަން ކުރާ ޕީޕީއެމުން ހޯދުމަށްޓަކައި ރައްޔިތުންނަން ބިރުދައްކަމުން އަންނަ ކަމަށެވެ. އެރަށު އެމްޑީޕީގެ ހަ މެމްބަރުން ފުލުހުން ހައްޔަރުކުރީ ސީދާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ހޯދުމަށްޓަކައި އިތުރު ގޮތެއް ނެތުމުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އުކުޅަހުގެ މެޖޯރިޓީއެއް ހުވަފެނަކުން ވެސް ނުލިބޭނެ ، ބޮޑު ތަނުން ބަލިކުރާނަން،" ކައުންސިލް މެމްބަރު ޒަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއިކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއް ހެދި މައްސަލައާ ގުޅިގެން އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހުން ވަނީ އާދީއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް އެމީހުން ހައްޔަރުކުރީ ސިހުރު ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހަދި މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ:ގޫގުލް -- ފޮޓޯ:ގޫގުލް

ޒަމީރު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އުކުޅަހު އެމްޑީޕީގެ މެމްބަރުން ބޮޑި ބަތް ކެއުމުގެ ހަރަކާތަކަށް ފަހު ، އެރަށު މަގުމަތީގައި މަހާނަ އެއް ހެދިކަމަށެވެ. އެހެންނަމަވެސް މަހާނަ ހެދީ ސިހުރު ފަންޑިތަ ހެދުމަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ހުކުރު ދުވަހެއްގެ ރޭ އުކުޅަހު ރައްޔިތުން ބޮޑިބަތް ކެއުމުގެ ހަރަކާތެއް ބާއްވާނެ، އެ ހަރަކާތް ނިމުމާއި އެކު ސަކަރާތަކަށް މަގުމަތީގައި ހެދީ، އެއީ ސިހުރު ފަންޑިތައާ ގުޅުން ހުރި ކަމެއް ނޫން،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގުމަތީގައި މަހާނަ އެއް ހެދީ އެމްޑީޕީގެ އެކްޓިވިސްޓް ޝިނާޒް މޫސާ ޕީޕީއެމަށް ސޮއި ކުރުމުން، އޭނާގެ ނަން އެމްޑީޕީގެ ފުހެލިކަން އެންގުމަށްޓަކައެވެ. ކޮންމެ ތުހުމަތެއްގައި އުކުޅަހު އެމްޑީޕީގެ މެމްބަރުން ހައްޔަރުކުރި ނަމަވެސް ، އެޕާޓީގެ އާންމު މެމްބަރުންގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރަސްދޫ އާއި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ގޮސް ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދު ކަމަށެވެ.އުކުޅަހުގެ އެމްޑީޕީ އެކްޓިވިސްޓް ޕީޕީއެމަށް ސޮއި ކުރުމުން އެރަށުގެ އެމްޑީޕީގެ އާންމު މެމްބަރުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު