Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލޫލާގެ ކޮރަޕްޝަން

ޖަލު ބަންދުގައި ހުންނެވި ލުލާ ކާފަ ދަރިފުޅުގެ ޖަނާޒާއަށް ދޫކުރަނީ

ލޫލާއަކީ ބްރެޒިލްގައި ތާއީދު ބޮޑު ސިޔާސީ ލީޑަރެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 މާރިޗު 2019 | ހޮނިހިރު 08:13
ލޫލާ ޖަލަށް ލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު

ލޫލާ ޖަލަށް ލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު

ޖަލުބަންދުގައި ހުންނެވި ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ، ކާފަ ދަރިފުޅުގެ ޖަނާޒާއަށް ދޫކުރުމަށް ނިންމައިފިއެވެ.

އުމުރުން ހަތް އަހަރުގެ ކާފަ ދަރިފުޅު މަރުވެފައި ވަނީ މެނިންޖައިޓިސް އަށް ފަރުވާ ހޯދަމުންދަނިކޮށް ހުކުރު ދުވަހުއެވެ.

ހޮނިހިރު ދުވަހު ބާއްވާ ޖަނާޒާއަށް ސައޮ ޕޯލޯއަށް ދިއުމަށް ލޫލާ އަށް ވަނީ ހުއްދަ ދީފައެވެ.

ކޮރަޕްޝަނުގެ ދައުވާކޮށް 12 އަހަރުގެ ހުކުމެއް އިއްވައި ލޫލާ ޖަލަށްލާފައި ވަނީ މިދިޔަ އަހަރުއެވެ.

ލޫލާވަނީ އޭނާއަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވެފައެވެ.

ޔޫނިއަން ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ވާތުފިޔައިގެ ލީޑަރެއް ކަމަށްވާ ލޫލާ އެ ގައުމުގެ ވެރިކަން ކުރައްވާފައި ވަނީ 2003 އިން 2010 އަށެވެ.

ލޫލާވަނީ މިދިޔަ ޖެނުއަރީ މަހު ބޭބެއެއްގެ ޖަނާޒާ އަށް ދިއުމަށް ވެސް އެދިވަޑައިގެންފައެވެ. ނަމަވެސް ޖަނާޒާ ފެށެންްދެން ވެސް ސުޕްރީމް ކޯޓުން ލޫލާއަށް ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް ލޫލާގެ ކާފަ ދަރިފުޅު އަރްތޫރުގެ ޖަނާޒާއަށް ސައޮޕޯލޯއަށް ދިއުމަށް ޕެރަނާގެ ސްޓޭޓް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.

މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުކުމްކޮށް ޖަލަށްލީފަހުން ލޫލާ ޖަލުން ނުކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

29 އޯގަސްޓު 2017
އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
10 އޯގަސްޓު 2017

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް
28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
11 ޖުލައި 2017

ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!

11 ޖުލައި 2017
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!
02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު