Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

އުމުރުން 36 އަހަރުގެ މި މީހާގެ މައްޗަށް އުފުލާފައިވާ 626 ދައުވާ އުފުލާފައިޥޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 10 އޯގަސްޓު 2017 | ބުރާސްފަތި 18:58
ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރަނީ

ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ މީހާ ކޯޓަށް ހާޒިރުކުރަނީ

ކުޑަ އަންހެންކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަގެ މައްޗަށް މެލޭޝިއާގެ ޕްރޮސެކިއުޓަރުން 600 އަށްވުރެ ގިނަ ދައުވާ އުފުލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 36 އަހަރުގެ މި މީހާގެ މައްޗަށް އުފުލާފައިވާ 626 ދައުވާ އިއްވައި ނިމިފައިވަނީ، ބުރާސްފަތި ދުވަހުއެވެ. އެ ހުރިހާ ދައުވާއެއް ޝަރީޢަތުގެ މަޖިލީހަށް އިއްވާފައިވަނީ ދެ ދުވަސްމަތިން، ގިނަ އިރުތަކަކަށް ޝަރީއަތުގެ މަޖިލިސް ކުރިއަށްގެންގޮސްގެންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ 626 ދައުވާ އޭނާގެ އާއި ދެކޮޅަށް ސާބިތުވެއްޖެނަމަ، ޖުމްލަ 12،000 އަހަރުދުވަހުގެ ޖަލު ޙުކުމަކާއި އޭނާ ކުރިމަތިލާން ޖެހޭނެއެވެ.

މި މީހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 15 އަހަރުގެ އަންހެން ދަރިފުޅާއި އެކު ޖިންސީ ގުޅުން ހިންގުމާއި، ރޭޕް ކުރުމާއި، ޒިންމާދާރު މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލު ހިންގުމާއި، ޖިންސީ ގޯނާ ކުރުމުގެ ޖުމްލަ 599 މައްސަލައަކާއި، މި މައްސަލަތަކާއި ގުޅުންހުރި އިތުރު 27 ދައުވާ ހިމެނެއެވެ.

ކުޑަކުދިންނާއި ދެކޮޅަށް ހިންގޭ ޖިންސީ ގޯނާތައް ބެލުމަށް ނިމިގެންދިޔަ ޖޫންމަހު މެލޭޝިއާގައި އުފެއްދި ޚާއްސަ ކޯޓުގައި ބަލަމުންދާ މި މައްސަލައިގައި ޕްރޮސެކިއުޓަރުން ދައުވާ ހުށަހެޅުމުން، ދައުވާ ލިބޭ މީހާ ވަނީ 626 ދައުވާއަށް ވެސް އިންކާރު ކޮށްފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހެޅުމުން، މި މައްސަލަ ބައްލަވާ ގާޒީ، ޔޮންގ ޒަރީދާ ސަޒާލީ ވަނީ، އޭނާއަށް އެ ފުރުޞަތު ނުދެއްވުމަށް ނިންމަވާފައެވެ.

މި މައްސަލައިގައި ހިމެނޭ ކުއްޖާ ހިމާޔަތް ކުރުމަށް، ދައުވާ ލިބޭ މީހާގެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު، ޕްރޮސެކިއުޓަރުން ބުނެފައިވަނީ، ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ނިމިގެންދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު، ކުއްޖާގެ މަންމަ ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ޕްރޮސެކިއުޓަރުން އިތުރަށް ބުނީ އަނިޔާ ލިބުނު ކުއްޖާ ވަރަށް ކުޑައިރު ކުއްޖާގެ މަންމަ އާއި ބައްޕަ ވަރިވެފައިވާ ކަމަށާ، ކުއްޖާގެ ބައްޕަ މި އަމަލު ހިންގާފައިވަނީ، މި އަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހާއި ދެމެދު ކުއްޖާގެ ބައްޕަ ކައިރީގައި ކުއްޖާ ހުރިއިރު ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ މެލޭޝިއާގައި ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ކުށެކެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު