Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސެމިނާ

ލަންކާގެ ރިއަލްސްޓޭޓް ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭ ގޮތުން އިންވެސްޓާސް ފޯރަމެއް ބާއްވަނީ

ސެމިނާ އޮންނާނީ މާޗްމަހުގެ ހަތަރެއްގައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2019 | ބުދަ 19:10
އާރްއައިޔޫ އިން 2018 ވަނަ އަހަރު ބޭއްވި ލަންޑަން ގައޮ ބޭއްވޮ ސެމިނާގެ ތެރެއިން

އާރްއައިޔޫ އިން 2018 ވަނަ އަހަރު ބޭއްވި ލަންޑަން ގައޮ ބޭއްވޮ ސެމިނާގެ ތެރެއިން

ސްރީލަންކާގެ ހުރި ރިއަލް ސްޓޭޓް ފުރުސަތުތަކާ ބެހޭގޮތުން ދިވެހިންނަށް މައުލޫމާތު ދިނުމުގެ ގޮތުން އިންވެސްޓާސް ފޯރަމެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާ އިންތިޒާމް ކުރަނީ ރިސާޗް އިންޓެލިޖެންސް ޔުނިޓް ޕްރައިވެޓް ލިމިޓެޑް ( އާރްއައިޔޫ) އިންނެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި 2003 ވަނަ އަހަރު ވުޖޫދަށް އައި އާރްއައިޔޫ ކުންފުންޏަކީ ކުރިއަރާފައިވާ ގައުމުތަކުގެ އިތުރުން ކުރި އަރަމުންދާ ގައުމުތަަކުގެ އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ދިމާވެފައިވާ ކަންތައްތައް ދިރާސާކުރާ ކުންފުންޏެކެވެ. އާރްއައިޔޫގެ މި ސަރަހައްދުގެ އޮފީސް ލަންކާގައި ހުންނައިރު އެ ކުންފުނީގެ ގޮތްޕެއް ރާއްޖޭގައިވެސް ގާއިމްކޮށްފައިވެއެވެ.

އާރްއައިޔޫ އިން ބުނީ، މާލޭގައި ބާއްވާ އެކުންފުނީގެ 2019 ވަނަ އަހަރުގެ އިންވެސްޓްމެންޓް ފޯރަމްގެ މައިގަނޑު ބޭނުމަކީ ސްރީލަންކާގެ ވިޔަފާރިތައް ރާއްޖެއާއި ގުޅުވާލުމާއި ވިޔަފާރީގެ ދާއިރާއިން ލަންކާގައި ހުރި ފުރުސަތުތަކުގެ މައުލޫމަތު ފޯރުކޮށްދިނުން ކަމަށެެވެ.

ލަންކާގެ ވިޔަފާރި ތަކުގެ މައުލޫމާތު ދިނުމަށް މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ސްރީލަންކާގެ ޖޯން ކިލްސް ހޯލްޑިންސް، ޑިވެލޮޕާސް ބާއީ ސަންކެންގެ އިތުރުން ޕްރައިމް ގްރޫޕްގެ އިސްވެރިން މި ސެމިނާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ޕެނަލް ޑިސްކަޝަންއާކާއި ޕްރެޒެންޓޭޝަންތަކާއި އެކު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސެމިނާގައި ސްރީލަންގެ ރިއަލް އިސްޓޭޓްގެ ދާއިރާއިން ދިވެހިންނަށް ހުރި ފުރުސަތުތައް ހިމެނޭ ކަމަށެވެ. ހާއްސަކޮށް އަލިއަޅުވައިލާނީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ކްލަމްބޯގެ ރިއަލް ސްޓޭޭޓް މާކެޓަށް ކަމަށެެވެ. އަދި މީގެ އިތުރުން ދިވެހިންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށް މަގުފަހި ކޮށްދެވޭނެ ކަމަށްވެސް އާރްއައިޔޫ އިން މައުލޫމާތުދެއެވެ.

ސެމިނާގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކުން މެއިލްގެ ޒަރިއްޔާއިން އެންގުމުން ސެމިނާއަށް ވަނުމަށް ހިލޭ ފާހެއް ލިބޭނެއެވެ.

އާރްއައިޔޫ އަކީ ވޭތުވެދިޔަ 15 އަހަރުގައި ރިސާޗް އަދީ ކޮންސަލްޓޭޝަންގެ ދާއިރާއިގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކުންފުންޏެެކެވެ. އެ ކުުންފުނިން ހިދުމަތް ފޯރުކޮށްދީފައިވާ ދާއިރާތަކުގެ ތެރޭގައި، ރިއެލް އެސްޓޭޓް، ޓޫރިޒަމް، ހެލްތްގެ އިތުުރުން އިސްލާމިކް ފައިނޭންސް ހިމެނެއެވެ.

އެކުންފުނިން ވަނީ މާލެ އަދި ހުޅުމާލޭގެ ރިއަލް ސްޓޭޓް ލެންޑްސްކޭޕް ރިޕޯޓެއް 2015 ވަނަ އަހަރު ތައްޔާރުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2018

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2018
ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
22 ފެބުރުއަރީ 2018

ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

22 ފެބުރުއަރީ 2018
ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
08 ނޮވެމްބަރު 2017

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު