Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްޓާޓް އަޕް ވީކެންޑް

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހާއްސަ އޮފަރއެއްގެ ދަށުން އޭޕްރިލް 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2018 | ބުދަ 13:55
މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމްގެ ތެރެއިން

މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމްގެ ތެރެއިން

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޓެކް ސްޓަރ ނަމަކަށް ކިޔާ ބައިނަލަޤްވާމީ ކުންފުންޏެއްގެ ފަރާތުން "ސްޓާޓް އަޕް ވީކެންޑް" ގެ ނަމުގައި ހިންގާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ފިރިހެން ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ނަމަވެސް މި ފަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 80 ޕަސަންޓް އަންހެން ކަނބަލުން ހިއްސާވާ ގޮތަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ރޭވިފައިވާ ގޮތަކީ އެއް ބައިވެރިއަކު އަނެއް ބައިވެރިއަކާ ބައްދަލުކޮށް އެކި ދާއިރާތަކުން ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ފަހު، އެ ބައިވެރިންގެ ހިޔާލުތައް ހުށަހަޅާނީއެވެ. އެ ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން މަޤްބޫލް ހިޔާލު ހޮވުމަށް ފަހު އޭގެ ތެރެއިން އެންމެ މޮޅު ތިން ހިޔާލު ޖަޖުންގެ ޕެނަލްއަކުން ހޮވާނެއެވެ.

މީގެ އިތުރުން ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުންނާއި ހިޔާލުތައް ތައްޔާރުކުރާއިރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވާނެއެވެ.

ޕްރޮގްރާމްގެ މާކެޓިންގ މެންޓޯ އަސްރާ ނަސީމް ވިދާޅުވީ ހާއްސަ އޮފަރއެއްގެ ދަށުން އޭޕްރިލް 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 350ރ. ދައްކައިގެން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ އަސްލު ފީއަކީ 500ރ. އެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ހާއްސަކަމަކީ އެ ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން އިންވެސްޓަރުންނަށް ކަމުދާ ހިޔާލުތަކަށް، އެ ފަރާތުން އިންވެސްޓްކޮށް އެ ހިޔާލުގެ މައްޗަށް ބިނާކޮށްފައިވާ ވިޔަފާރި ފެށުމަށް ހުރިހާ ގޮތަކުން އެހީތެރިކަން ލިބިގެންދިޔުމެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު