Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޗައިނާ ވިޔަފާރި

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

ޑަބްލިޔު.ޓީ.އޯ ކޮންފަރެންސްގައި ނެރުނު ގުޅިފައިވާ ބަޔާނުގައި ޗައިނާގެ ނަން ސީދާ ބޭނުންކޮށްފައެއް ނުވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 ޑިސެމްބަރު 2017 | ބުދަ 14:31
ޑަބްލިޔު.ޓީ.އޯ ކޮންފަރެންސްގައި ބައިވެރިވި އެމެރިކާ(ވ)، ޖަޕާން(މ) އަދި އީޔޫ(ކ)ގެ މަންދޫބުން

ޑަބްލިޔު.ޓީ.އޯ ކޮންފަރެންސްގައި ބައިވެރިވި އެމެރިކާ(ވ)، ޖަޕާން(މ) އަދި އީޔޫ(ކ)ގެ މަންދޫބުން

ޗައިނާއިން ގެންގުޅޭ ވިޔަފާރީގެ ސިޔާސަތުތަކާއި ދެކޮޅަށް ދުނިޔޭގެ ބާރުތަކުން ތެދުވެއްޖެއެވެ.

އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ، ޑަބްލިޔު.ޓީ.އޯގެ މިނިސްޓީރިއަލް ކޮންފަރެންސްގައި އެމެރިކާ، ވިލާތުގެ އިއްތިހާދު އަދި ޖަޕާނުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޗައިނާގެ ނަން ސީދާ ބޭނުން ނުކުރިނަމަވެސް، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ޤައުމުތަކުން ކުންފުނިތައް ހިންގުމާއި، ކުންފުނިތަކަށް މަޖުބޫރުކޮށްގެން ޓެކްނޮލޮޖީތައް ޓްރާންސްފަރކުރުން ހުއްޓުވުމަށް މަސައްކަތްކުރާނެކަމަށް ބުނެފައިވެއެވެ. ޗައިނާގެ ނަން ބޭނުން ނުކުރިނަމަވެސް، މި ބައްދަލުވުމުގައި ޗައިނާއާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާނެކަން މީގެ ކުރިންވެސްވަނީ އެނގިފައެވެ.

ޗައިނާގެ ބޮޑެތި ކުންފުނިތަކަކީ އެޤައުމުގެ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒްކުރާ ކުންފުނިތަކެކެވެ. އެހެންކަމުން ސިނާޢީ މަސައްކަތްތަކުގައި ކުރިއަރާފައިވާ ޤައުމުތަކުގެ އިޤްތިޞާދަށް ޗައިނާގެ މިސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރެއެވެ.

އެމެރިކާ، އީޔޫ އަދި ޖަޕާނުގެ ގުޅިފައިވާ ބަޔާނުގައިވަނީ ޤައުމުތަކުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި، ދުނިޔޭގެ އިޤްތިޞާދުގެ ދެމެހެއްޓެނިވި ކުރިއެރުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށެވެ.

ވިލާތުގެ އިއްތިޙާދުގެ ޓްރޭޑް ކޮމިޝަނަރ ސިސީލިއާ މެލްމްސްޓްރޮމް ވިދާޅުވީ ޗައިނާއިން އެޤައުމުގެ އެލުމިނިއަމް އަދި އެކަތަ އުފައްދާ ކުންފުނިތައް ސަބްސިޑައިޒްކުރުމުގެ ސަބަބުން، ޔޫރަޕްގެ ކުންފުނިތަކަށް ވަރަށް ބޮޑަށް ގެއްލުންވެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުން ވިޔަފާރީގައި ދެފުށް ފެންނަ ސިޔާސަތެއް ނުގެންގުޅޭ މައްސަލައިގައި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާއާއި ޖަޕާނުން ވަނީ ފާޑުކިޔާފައެވެ. އެދެޤައުމުންވެސް ބަހުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޗައިނާއަށެވެ.

މީގެ އިތުރުން ބައެއް ސިނާޢަތްތަކުގައި ޗައިނާގެ އުފެއްދުންތެރިކަން ހިފެހެއްޓުމެއް ނެތި މަތިވަމުން ދިޔުމުގެ ސަބަބުން ބައެއް ތަކެތީގެ އަގު ބައިނަލްއަޤްވާމީ ބާޒާރުގައި ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވެ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލެމުންދާކަމަށް ބުނެ، ވިލާތުގެ އިއްތިޙާދާއި އެމެރިކާ އަދި ޖަޕާނުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ފާޑުކިޔަމުންދާއިރު، ޗައިނާއިން ގެންދަނީ އެޤައުމުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވާ ޤައުމުތަކުގެ އިޤްތިޞާދުގެ ކޮންޓްރޯލް ނަގަމުންނެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު