Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ - ޕާކިސްތާން

އިންޑިއާއިން ވައިގެމަގުން ދިން ހަމަލާތަކަށް ރައްދުދޭނަން: ޕާކިސްތާން

އިންޑިއާއިން ބުނާގޮތުގައި އެ ގައުމުން ދިން ހަމަލާތަކުގައި 300 ހަނގުރާމަވެރިން މަރުވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2019 | އަންގާރަ 20:40
ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އިންޑިއާއިން ވަނުމުން އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ނުރުހުން ފާޅުކުރޭ

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އިންޑިއާއިން ވަނުމުން އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ނުރުހުން ފާޅުކުރޭ

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށް އަންގާރަ ދުވަހު އިންޑިއާއިން ވަދެފައިވާއިރު އެކަމުގެ ރައްދުދިނުމުގެ ހައްގު ޕާކިސްތާނަށްވެސް ލިބިގެންވާކަމަށް އެ ގައުމުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ހަމަލާތައް އަމާޒުކުރެވުނީ ބާލާކޯޓް ސަރަހައްދުގައި ހަރަކާތްތެރިވާ ޖައީޝް-އޭ-މުޙައްމަދު ޖަމާއަތުގެ ތަމްރީނުދޭ މަރުކަޒަކަށް ކަމަށް އިންޑިއާ ސިފައިން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގައި އެ ޖަމާއަތުގެ 300 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓްރީ ވިޖޭ ގޯކާލް ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާ ދިނީ ޖައީޝް ޖަމާއަތުގެ ހަނގުރާމަވެރިން އިންޑިއާއަށް ހަމަލާދޭން ރާވަމުންދާ ކަމުގެ "ސައްހަ" މައުލޫމާތު ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ކޮމާންޑްގެ ބައްދަލުވުމަކަށްވެސް ގޮވާލާފައެވެ.

ޕާކިސްތާނުން ވަނީ އިންޑިއާއިން ދިން ހަމަލާތަކުގައި އެއްވެސް މީިހަކު ޒަޚަމްވެފައި ނުވާ ކަމަށާއި އިންޑިއާއިން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

"ކުނިބުނީގެ ތެރޭގައި ނެތް ގާ ފުނޑުކޮޅެއްވެސް" ރާާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި އިދާރާގައި ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ގަފޫރު ވިދާޅުވިއެވެ.

"އެތާގައި އިމާރާތްތަކެއް ހުރިނަމަ ކުނިބުނި ހުރީސް. އެމީހުން ބުނި އެތައްސަތޭކަ ބަޔަކު މަރާލެވިއްޖެކަމަށް. އަޅުގަނޑު މި ދަންނަވަނީ އެތަނުގައި 10 މީހުން ތިބިނަމަވެސް ކޮންމެވެސް ބައެއްގެ ހަށިގަނޑު ހުރީހޭ"، އޭނާ ވިދާޅުވެފައެވެއެވެ.

ޤަފޫރު ވަނީ ބޭރުގެ މީޑިއާތަކާއި ޑިޕްލޮމޭޓުން އެތަން ބަލާލަން ދިއުމަށް ދައުވަތު އަރުވާފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ހަށި ގޮއްވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައީޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު