Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި

ބަނދަރު ހެދުމަށް 13.6 މިލިއަން ބަޖެޓްކޮށްފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 05:42
އޮމަދޫ ބަނދަރުގެ މައްސަލާގައި ރާއްޖެއެމްވީ ވާހަކަ ދެއްކި އެ ރަށުގެ ބައެއް ރައްޔިތުން

އޮމަދޫ ބަނދަރުގެ މައްސަލާގައި ރާއްޖެއެމްވީ ވާހަކަ ދެއްކި އެ ރަށުގެ ބައެއް ރައްޔިތުން

ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ހަމައެކަނި ބަނދަރު ތަރައްގީ ނުކޮށް އޮތް ރަށަކީ އޮމަދޫއެވެ. ބަނދަރު ނެތުމުން ރަށުގެ ތަރައްގީއަށް ވަނީ ބުރޫ އަރާފައެވެ. ލަފާފުރުމުގެ ދަތިކަމާ އެކު، މޫސުން ގަދަ ދުވަސްވަރެއްގައި ރަށަށް މުދާ ބާލަން ބޯޓު ފަހަރު އެ ރަށަށް ކައިރިއެއް ނުކުރެއެވެ.

އޮމަދޫ އަބްދުލްމަޖީދު އިބްރާހިމާއި އަލީ ހަނީފު ވަނީ އެ ރަށުގައި ބަނދަރެއް ނެތުމުން ދިމާވާ ދަތިތައް "ރާއްޖެއެމްވީ"އާ ހިއްސާކޮށްފައެވެ. މަޖީދު ބުނީ ބަނދަރު ނެތުމުން ވިޔަފާރި ކުރުމަށް ރަށަށް މުދާ ގެނައުމަށް ދަތިވާ ކަމަށެވެ. ހަނީފް ބުނީ މޫސުން ގޯސްވެގެންދާ ދުވަސްވަރުގައި ކަނޑު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

އޮމަދޫގެ ލަފާފުރުން ހައްލު ކުރުމަށް އެ ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ވަނީ ޖެޓީއެއް ހަދާފައެވެ. އެއީ މީގެ 19 އަހަރު ކުރީގެ މަސައްކަތެވެ. އެ މަސައްކަތް ކުރި ގޮތް އެ ރަށު ބޮޑު މިސްކިތުގެ މުދިން، އަހުމަދު ރަމްޒީ ކިޔައިދިނެވެ.

"ސީދާ ހަމަ އަމިއްލަ މަސައްކަތެއް. އެ މަސައްކަތުން އެ ބޭފުޅުން، ވަރަށް ބުރަކޮށް ރެއާ ދުވާލު މަސައްކަތްކޮށްގެން، ރޭގަނޑާ ވެސް އެއްކޮށް ނިންމާފައި އޮތް ތަނެއް މި ތަނަކީ،" ރަމްޒީ ބުންޏެވެ.

ތ. އޮމަދޫ: މޫސުން ގޯސް ދުވަސްވަރު އެ ރަށަށް މުދާ ބާލަން ދަތިތަކާ ކުރިމަތިވޭ-- ފޮޓޯ/ ޙުސައިން ޙަސަން

ނިމިދިޔަ ސަރުކާރުތަކުން އޮމަދޫއަށް ބަނދަރު ހަދާދޭނެ ކަމުގެ ވައުދުވި ވާހަކަ ހަނދާކޮށްދެމުން މަޖީދު ބުނީ އެ ވައުދު ފުއްދުމަށް ނިމިދިޔަ ސަރުކާރުތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

މަޖީދު އުންމީދުކޮށްގެން ހުރީ އާ ސަރުކާރުން، އެ މަސައްކަތް މިއަހަރު ފަށައި، އަންނަ އަހަރު ނިންމާނެ ކަމަށެވެ.

"ބަނދަރު ހަދައި ދިނުމުގެ އުންމީދެއް އަދި ފެނިފައެއް ނެތް. އަޅުގަނޑު އުންމީދު ކުރަނީ އެ މީހުން އެ ބަނދަރު 2020 ވަނަ އަހަރު އަންނަންވާ އިރަށް، ބަނދަރު ހަދައިދީ ނިންމާނެ ކަމަށް،" މަޖީދު ބުންޏެވެ.

އޮމަދޫ މުހައްމަދު ޒާހިރުގެ ކަންބޮޑުވުމަކީ ވެސް އެއީއެވެ. އެ ރަށުގެ ލަފާ ފުރުމަށް ހައްލު ހޯދުމަށް ބަޖެޓުގައި އަދަދުތަކެއް ޖެހުމަށްފަހު، އެ މަސައްކަތް ނުފަށާތީ، އެކަމުގެ ކަންބޮޑުން އޭނާ ވަނީ ހިއްސާކޮށްފައެވެ.

"ކޮންމެ ސަރުކާރަކުން މި ބަނދަރުގެ ހުވަފެން އެބަ ދައްކާ. މި ބަނދަރުގެ އެއްވެސް މަސައްކަތެއް ކުރިއަށްދާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ކޮންމެ އަހަރެއްގެ ބަޖެޓުގައި ކޮންމެ ވެސް އަދަދެއްގެ ފައިސާއެއް ހިމަނާ. އެކަމަކު އެ ހުވަފެން ހަގީގަތަކަށް ނުފެނޭ،" ޒާހިރު ބުންޏެވެ.

ޒާހިރު ވަނީ ރައީސް ސޯލިހު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުގެ ވާހަކަ ހަނދާންކޮށްދެއްވާފައެވެ. އޭނާ ބުނީ ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އެ ރަށަށް ވަޑައިގެން، ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެ ރަށުގެ ބަނދަރު ހައްދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މީގެ ހަތް މަސް ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ރިޔާސީ ކެމްޕެއިން ތެރޭގައި އޮމަދޫއަށް ވަޑައިގެން ރައީސް ސޯލިހު އެ ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވީ އެ ރަށުގެ ބަނދަރު ހެދުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކަންދެއްވާނެ ކަމަށެވެ.

"މި ރަށުގެ ބަނދަރަކީ އިސްކަންދީގެން، ވަރަށް އަވަހަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ވަނީ ނިންމާފައި.." ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ތ. އޮމަދޫ މަގެއް: އާ ސަރުކާރުން ތަރައްގީ ގެނައުމުގެ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ-- ފޮޓޯ/ ޙުސައިން ޙަސަން

އާ ސަރުކާރަށް ތިން މަސް ވެގެންދިޔައިރު، އޮމަދޫ ރައްޔިތުން އަދިވެސް އުންމީދުކޮށްގެން ތިބީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ ގޮތުން އޮމަދޫ ބަނދަރުގެ މަސައްކަތް ނިންމަނީ ތިން އަހަރަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރު އެ ބަނދަރުގެ މަސައްކަތް ފެށުމަށް 13.6 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި އަންނަ އަހަރު 15.1 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. ބަނދަރުގެ މަސައްކަތް ނިންމުމަށް 2021 ވަނަ އަހަރު 3.2 މިލިއަން ހަރަދު ކުރާނެ ކަމަށް ބަޖެޓުގައި ޖަހާފައިވެއެވެ.

ރައީސް ސޯލިހު އޮމަދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ހާލަތަށް އިޝާރާތްކޮށް ވިދާޅުވީ އޮމަދޫއަކީ "އިހުމާލުވެފައިވާ" ރަށެއް ކަމަށެވެ. ސަބަބަކީ އެ ރަށަށް ނިމިދިޔަ ސަރުކާރުން އެއްވެސް ކަމެއްކޮށްދީފައި ނުވާތީއެވެ. އެގޮތުން ޖިފުޓިގަނޑެއްގައި ހިންގާ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމަށް އަލަން ހަދަން ފެށި އާ އިންޖީނުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ސިމެންތިތައް ގަނޑުވެ، ކޮންކްރިޓް މަސައްކަތް ކުރަން ގެނައި ދަގަނޑުތައް ވަނީ ދަބަރަށްވެފައެވެ. އަދި ރިޔާސީ އިންތިހާބާ ދިމާކޮށް، އެ ރަށުގައި ފުޓްސަލް ދަނޑު އަޅަން ގެނައި، ސާމާނުތައް ވަނީ މުރަނަވާން ދޫކޮށްލާފައެވެ.

އާބާދީ މަދު އޮމަދޫއަށް ނިމިދިޔަ ސަރުކާރުން އިހްމާލުވެފައި ވާތީ، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ "ކުޑަރަށެއް ބޮޑު ރަށެއް" އެ މަނިކުފާނުގެ ވެރިކަމުގައި ނުބަލާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ \"ތަޅު\"

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ޖުމްހޫރީދުވަސް: ރައްޔިތުންތިބީ ހާސްކަމާއި މާޔޫސްކަމުގައި!

ޖުމްހޫރީދުވަސް: ރައްޔިތުންތިބީ ހާސްކަމާއި މާޔޫސްކަމުގައި!

11 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު