Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

ޕީޕީއެމް މެމްބަރުންނަކީ ހުލުގު ރަނގަޅު ސުލޫކީ ބަޔަކަށް ހަދާނެ ކަމަށް ބުނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2017 | ބުރާސްފަތި 13:22
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓެއްގައި ތަޅުއަޅުވާފައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓެއްގައި ތަޅުއަޅުވާފައި

ސަރުކާރު ހިންގާ ޕީޕީއެމްގެ މެނިފެސްޓޯގައި އެންމެ ފާހަގަކޮށްލެވޭ އަދި ރައްޔިތުން އެކަމަކަށް އެދި ގޮވަމުންދިޔަ އެއްކަމަކީ ރައްޔިތުންގެ މަޖިލިސް އަބުރުވެރި ޝަރަފްވެރި މަޖިލީހަކަށް ހެދުމެވެ. އެ މަޖިލީހުން ހަދާ ގާނޫނުތަކުން ގާނޫނުއަސާސީ ލިބިދޭ އަސާސީ ހައްގުތަކާއި އަސާސީ ހިދުމަތްތައް އިތުރަށް ކަށަވަރުކޮށްދީ ރައްޔިތުންނަށް ފައިދާ އާއި ލާބަހުރި ގާނޫނުތަކެއް ހެދުމަށް ރައްޔިތުން ތިބީ ތާއަބަދު އެދިއެދި އެވެ.

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހު އަމަލު ކުރަން ފެށި ފަހުން މިއަދާ ހަމައަށް އެގާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މިއަދާހަމައަށް ނުހެދި ހުރި ކަމީ ހިތާމަހުރި ކަމެކެވެ. އާގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މިއަދާ ހަމައަށް ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އަދި ހާއްސަކޮށް ރައީސުލްކުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވެރިކަމުގައި މިވޭތިވެދިޔަ ހަތަރު އަހަރު ރައްޔިތުންގެ މަޖިލިސް ހިނގަމުންދާ ގޮތާ މެދު ރައްޔިތުން ހިތާމަ ކުރެވެއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޔާމީން ހިއްޕަވައިގެން ނިކުންނެވި މެނިފެސްޓޯގައި އަބުރުވެރި މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހައްދަވާނެ ކަމަށް ވެވަޑައިގެންވި ވައުދާއެކު އެމެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ފުރަތަމަ ކަމަކަށް ވެސް އޮތީ ޕީޕީއެމުން މަޖިލީހަށް ކުރިމަތިލާ މީހުންނަކީ މަޖިލީހުގެ ހައިބަތާއި ގަދަރާއި ޝަހުސިއްޔަތު ސާބިތު ކޮށްދޭނެ ނަޒާހަތްތެރި މެމްބަރުކަމުގައި ހަދާނެ ވާހަކަ އެވެ.

އެ ވައުދާއެކު ފެންނަމުން ދިޔައީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ރިޝަވަތާއި ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެވިގެންދިޔަ ތަނެވެ. ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް ނުދެކޭހާ އަދި މަޖިލީސް މެމްބަރުންގެ މައްޗަށް ތުހުމަތު ނުކުރެވޭހާ ގިނަ އަދި ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ވަނީ ފެންމަތި ވެފަ އެވެ. މިހާތަނަށް ދިވެހި ސަރުކާރުގެ ތެރޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އެންމެބޮޑަށް ތުހުމަތު ކުރެވިފައި ވަނީ ވެސް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ "ފައިސާ ގޯނި" ހިފައިގެން މަޖިލިސް މެމްބަރުން ކަރިއަށް ވަޑައިގެންނެވީ ވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރެކެވެ. އެ މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފަހްރުވެރިކަމާއެކު އެހެން ވިދާޅުވެފަ އެވެ. ވަރަށް އަބުރުވެރި ޝަރަފްވެރި ނޫން ތޯއެވެ. ނަޒާހަތްތެރިކަން ވެސް ބޮޑުކަމުން އެ އޮތީ ކުއްތާއެއްގެ ނަގުލެއް ހެން ވިއްޔާ އެވެ.

މީގެ އިތުރުން، މެނިފެސްޓޯގައި ބުނެފައިވަނީ ޕީޕީއެމުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުންނަކީ ހުލުގު ރަނގަޅު ސުލޫކީ ބަޔަކަށް ހަދާނެ ކަމަށެވެ. ސަހަރޯއެވެ. ޕީޕީއެމް މެމްބަރުންގެ ހުލުގު ރަނގަޅު މިންވަރު އެންމެ ރަނގަޅަށް ދައްކާލީ ވެސް ޕީޕީއެމް މަޖިލިސް މެމްބަރުންގެ އިސްވެރިޔަކަށް ހުންނެވި ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އެވެ. ލީޑަރު ނިހާނުގެ ހުލުގު ރަނގަޅު މިންވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ފިސާރި ކަނބަލެއް ކަމަށްވާ ރޮޒައިނާ އާދަމް އަށެވެ. ނިހާނުގެ އަނގަފުރެންދެން ފެން އެޅުއްވުމަށް ފަހު ކޯ ދޮވެލެއްވީ ވެސް ރޮޒައިނާގެ ހަށިކޮޅު ވިއްޔާ އެވެ.

މެމްބަރުންގެ ސުލޫކީ މިންގަނޑު ހުރިވަރު ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އިދިކޮޅު މެމްބަރުންގެ މައިންބަފައިންނަށް ގޮވާ ހިސާބަށް މެމްބަރުންގެ ކަންތައްދިޔައިރު، ކޮރަޕްޝަނާއި ހިޔާނާތުން ހޯދާފައިވާ ފައިސާއިން މެމްބަރުން މެދުއުޑުގައި ފިޔަޖަހާއިރު ތިއްބެވީ "ލަދުހަޔާތް" ރަނގަޅަށް ކެނޑިފަ އެވެ.

ޕީޕީއެމް މެނިފެސްޓޯގައިވާ ކަމެއް އަދިވެސް ފާހަގަ ކޮށްލާނަމެވެ. މިއީ ވެސް ބޮޑު ޖޯކެވެ.

ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ އިންތިހާބީ ދައުރު ހަމަވުމުގެ ކުރިން ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަމަށް ބުނެފައި އެވެ. މިކަން ޖޯކަކަށް ވަނީ އެގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމުގެ ދައުރު ނިމޭއިރު ވެސް އެ ވިދާޅުވާ ގާނޫނެއް މަޖިލީހާ ހިސާބަށް ފޯރާވަރު ނުވުމެވެ. އަނެއް ކަމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ޕީޕީއެމަށް ސޮއިކޮށް، އެ ފޯމްތަކާ ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވިއިރު، އެކަން އެއީ އެންމެ ރަނގަޅު ކަމެކެވެ. ޕީޕީއެމަށް ވަނުމަކީ ވެސް ވާޖިބު ކަމަކަށްވާ ހިސާބަށް ކަންތައްތައް ދިޔަތަން ވެސް ފެނުނެވެ. މިހާތަނަށް އެންމެ ގިނަ މެމްބަރުން ގެއްދިޔައީ ވެސް ޕީޕީއެމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ގޯސްކޮށް ހިނގަމުންދާކަން ގަބޫލުކުރައްވާ ޕީޕީއެމުން ގިނަ މެމްބަރުންތަކެއް ވަކިވި ހިސާބުން އެއްކަލަ ގާނޫނު އައީ މަޖިލީހުގެ ތެރެއަކުން ނޫނެވެ. އިލެކްޝަންސް ކޮމިޝަންގެ ތެރެއިންނެވެ. މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެކަން ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެއްތީ ސީދާ ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ވަޑައިގެންނެވެ. ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑިތައް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، އެކޮމިޝަނަށް ދެން ހަދަންވީ ގޮތް ވެސް ނޭނގުނެވެ. ބައި-އިލެކްޝަންތައް ބާއްވަން ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ބައި-އިލެކްޝަނެއް ނުބޭއްވުނެވެ. އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނިއިރު، އެއިން އެއްވެސް މެމްބަރަކަށް ލިޔުމުން އެކަން އަންގާކަށްވެސް އިލެކްޝަންސް ކޮމިޝަނަކަށް ނުކެރުނެވެ.

އަބުރުވެރި ޝަރަފްވެރި މަޖިލީހަށް ހަދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި، އެމަޖިލީހެކޭ ސިފައިންގެ ހެޑް ކުއާޓަރެކޭ އެއްވެސް ތަފާތެއް ނެތެވެ. މުޅި މަޖިލީހުގެ އިއްޒަތާއި ކަރާމާތް ވަނީ ގެއްލުވާލާފަ އެވެ. މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ވުރެ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ކަމަށް ބުނެ ވަދެ ތިބި ސިފައިންގެ ބާރާއި ނުފޫޒު ގަދަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި ހިނގާ އަލިފާނުގެ ހާދިސާތައް ވެސް އެއީ އަޖައިބެއް ފަދަ ކަމެކެވެ. މަޖިލީހުގެ ޖަލްސާތައް ނުވާއްބާ ދޭތެރެ ދުރުކޮށްލުމަށް ގެންގުޅޭ އުކުޅެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އަދި އެ އަލިފާނުގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން ހާމަކުރުމަށް ފުލުހުންނާއި މަޖިލީހުގެ އިދާރާއިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެލިފާނުގެ ހާދިސާތައް ހިނގާއިރު، މަޖިލީހުގެ އިދާރާއިން ވެސް ކަނބޮޑުވާ ތަނެއް ނުފެނެއެވެ. އަދި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ އިދާރާގައި ފޯރިމަރަމުންދާއިރު ވެސް އެންމެ ގިނައިން އަލިފާނުގެ ހާދިސާ ހިނގާ ތަނަކަށް ވެފައި ވަނީ ވެސް ރައްޔިތުންގެ މަޖިލީހެވެ. އަޖައިބެއް ފަދަ ކަމެކެވެ.

އަބުރުވެރި ޝަރަފްވެރި މަޖިލީހަކަށް ހައްދަވާނެ ކަމަށް ބުނާއިރު، މަޖިލީހުގެ ރައީސް ކަމަށް ބުނާ އަބްދުﷲ މަސީހު މުހައްމަދަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ދަނީ ބުނަމުންނެވެ. އެކަމަކު ގަދަފައި ވިއްދާ މަޖިލީހުގައި ކޮށިގަނޑެއް ހަދައި، ގޯތި ދޫކުރާ ހިސާބަށް ކަންތައް ވަނީ ގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތް ނެތް ކަމަށް ބުނި – އެކަމަކު މަސައްކަތްތައް ފުނިޖެހިފައި

މަސައްކަތް ނެތް ކަމަށް ބުނި – އެކަމަކު މަސައްކަތްތައް ފުނިޖެހިފައި

16 އެޕްރީލު 2019
އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި

އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި

22 ފެބުރުއަރީ 2019
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

03 ޖޫން 2018
ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު