Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެނާންޑޯ ލޮރެންޓޭ

ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ: ލޮރެންޓޭ

ލޮރެންޓޭގެ އެއްބަސްވުން ހަމަވާނީ މި އަހަރުގެ އޯގަސްޓް މަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2019 | ބުދަ 14:26
ފެނާންޑޯ ލޮރެންޓޭ

ފެނާންޑޯ ލޮރެންޓޭ

އެތުލެޓިކް ބިލްބާއޯގައި ރިޓަޔާކުރަން ސަޅިވާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ފެނާންޑޯ ލޮރެންޓޭ ބުނެފިއެވެ.

މާސާއަށް ދިން އިންޓަވިއުއެއްގައި ލޮރެންޓޭ ބުނީ، ބިލްބާއޯއަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ތަފާތު ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށެވެ.

ބިލްބާއޯއަށް ބަދަލުވުން ފަސޭހަނުވާނެ ކަމަށް ފާހަގަކުރަމުން ލޮރެންޓޭ ބުނީ، އެ ކްލަބުގައި ރިޓަޔާކުރުމަކީ "ސަޅިކަމެއް" ކަމަށެވެ. ނަމަވެސް ބިލްބާއޯއަށް ބަދަލުވާނެ ކަން އޭނާ ކަށަވަރެއް ނުކޮށްދެއެވެ.

މީގެ ކުރިން ޔުވެންޓަސް އާއި ސެވިއްޔާ އަދި ސްވަންސީ ސިޓީއަށް ކުޅެފައިވާ އުމުރުން 34 އަހަރުގެ ލޮރެންޓޭ އަންނަނީ ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

މިވަގުތު ޓޮޓެންހަމްއަށް ކުޅެމުން އަންނަ ލޮރެންޓޭ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު ޖުމްލަ 51 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ސެވިއްޔާ ދޫކޮށް 2017 ވަނަ އަހަރު ޓޮޓެންހަމްއަށް 12.1 މިލިއަން ޔޫރޯއަށް ބަދަލުވި ލޮރެންޓޭގެ އެއްބަސްވުން ހަމަވާނީ މިއަހަރުގެ އޯގަސްޓް މަހުވެ. އޭނާގެ އެއްބަސްވުން ޓޮޓެންހަމް އިން އާކުރާނެ ކަމަށް ނުބެލެވޭއިރު، އޭނާ ބަދަލުވާނީ ބިލްބާއޯއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުވަންޓަސްއާ އެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައިވާ ލޮރެންޓޭ ވަނީ އެ ކްލަބާއެކު ކޮޕާ އިޓަލިއާ އަދި ދެ އިޓާލިއަން ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސެވިއްޔާއާއެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ކާމިޔާބުކޮށްފައިވާ ލޮރެންޓޭ ވަނީ ގައުމީ ޓީމަށް ކުޅުނު 24 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސީޒަނަށްފަހު އެމެރިކާގެ ރެޕިނޯ ރިޓަޔާކުރަން ނިންމައިފ

މި ސީޒަނަށްފަހު އެމެރިކާގެ ރެޕިނޯ ރިޓަޔާކުރަން ނިންމައިފ

11 ޖުލައި 2023
ރޮނާލްޑޯ ރިޓަޔާކުރަން ބޭނުންވަނީ ޔުނައިޓެޑުގައި

ރޮނާލްޑޯ ރިޓަޔާކުރަން ބޭނުންވަނީ ޔުނައިޓެޑުގައި

27 ސެޕްޓެމްބަރު 2021
ސޮސިއެޑާޑުގެ ޑިފެންޑަރު ލޮރެންޓޭ ލީޑްސްއަށް

ސޮސިއެޑާޑުގެ ޑިފެންޑަރު ލޮރެންޓޭ ލީޑްސްއަށް

25 ސެޕްޓެމްބަރު 2020
ލޮރެންޓޭ ބޭނުންވަނީ ޓޮޓެންހަމްގައި މަޑުކުރަން

ލޮރެންޓޭ ބޭނުންވަނީ ޓޮޓެންހަމްގައި މަޑުކުރަން

04 މެއި 2019
ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ރެއާލްގެ ލޮރެންޓޭއަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

02 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު