Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީޓާ ޗެކް

މި ސީޒަނަށްފަހު ޗެކް ކުޅުން ހުއްޓާލަނީ!

ޗެކް ވަނީ ޕްރިމިއާ ލީގުގައި 15 އަހަރު ކުޅެފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2019 | އަންގާރަ 12:38
ޗެލްސީއާއެކު ޗެކް ޗެމްޕިއަންސް ލީގު އުފުލާލަނީ

ޗެލްސީއާއެކު ޗެކް ޗެމްޕިއަންސް ލީގު އުފުލާލަނީ

މި ސީޒަނަށްފަހު އާސެނަލްއަށް ކުޅެމުން އަންނަ ޗެކް ރިޕަބްލިކްގެ ކީޕަރު ޕީޓާ ޗެކް ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ޗެކް ކުޅުން ހުއްޓާލިކަން އިއުލާންކޮށް، ޓުވިޓާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ، މިއީ އޭނާ ފުޓުބޯޅަ ކުޅޭ 20 ވަނަ ސީޒަން ކަމަށާއި، ފުރަތަމަ ފަހަރަށް ކްލަބަކަށް ކުޅެން އެއްބަސްވުމެއް ހެދިތާ މިހާރު 20 އަހަރު ވެފައިވާ ކަމަށެވެ.

އެގޮތުން ޗެކް ބުނީ، މިއީ އޭނާ ކުޅުން ހުއްޓާލަން އެންމެ މުނާސަބު ވަގުތު ކަމަށާއި، މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި 15 އަހަރު ކުޅުނުކަން ފާހަގަކޮށް ޗެކް ބުނީ، އެ ލީގުގައި ކާމިޔާބުކުރެވެން އޮތް ހުރިހާ މުބާރާތެއް ކާމިޔާބުކުރެވިފައިވާ ކަމަށާއި، އަދި ކެރިޔަރުގައި ބޭނުންވި ހުރިހާ މުބާރާތެއްވެސް ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ޗެކް ބުނީ، މި ސީޒަނުގައި އާސެނަލްއަށް ބުރަކޮށް މަސައްކަތް ކޮށްދޭނެ ކަމަށާއި، އަދި އާސެނަލްއާއެކު އިތުރު އެއް ތަށި ކާމިޔާބުކުރަން ބޭނުންވެފައި ހުރި ކަމަށެވެ.

ޗެލްސީއާއެކު 11 ސީޒަން ހޭދަކޮށްފައިވާ ޗެކް ވަނީ އެ ކްލަބަށް 494 މެޗު ކުޅެ، އެ ކްލަބާއެކު ހަތަރު ޕްރިމިއާ ލީގު، ހަތަރު އެފްއޭކަޕް، ތިން ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޗެކް އާސެނަލްއަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 129 މެޗު ކުޅެ، އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝިލްޑް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޗެކް ރިޕަބްލިކްއަށް 124 މެޗު ކުޅެ، ގައުމީ ކެޕްޓަންކޮށްފައިވާ ޗެކް ވަނީ 2002 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ.

ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ހަތަރު ފަހަރު ހޯދާފައިވާ ޗެކް ވަނީ ނުވަ ފަހަރު ޗެކް ރިޕަބްލިކްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި ތިންފަހަރު ޔޫރަޕްގެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދާފައިވާ ޗެކް ވަނީ ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެއްފަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު