Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޯޔޫ

ސްޓެލްކޯ އާއި ޕޮލިޓެކްނިކާ ދެމެދު މީހުން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

18 ފެބުރުއަރީ 2019 | ހޯމަ 09:19

ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް އިތުރު ފުރުޞަތުތަށް ފަހިވެގެންދާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 18 ފެބުރުއަރީ 2019 | ހޯމަ 09:19
ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން

ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން

ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ސްޓޭޓް ޓްރެއިނިންގ އިންސްޓިޓިއުޓް ފޯރ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން (މޯލްޑިވްސް ޕްލިޓެކްނިކް)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ހޯމަ ދުވަހު އޮތް ސޮއިކުރުމުގެ މި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ޕޮލިޓެކްނިކުން ހިންގާ ތަފާތު ކޯސްތަކުގައި ބައިވެރި ވުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ފުރުސަތު ލިބިގެން ދާނެ ކަމަށާއި އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާ ނިމުމަށް ފަހު އިންޑަސްޓްރިއަލް ބައި ސްޓެލްކޯގައި ފުރިހަމަ ކުރުމުގެ ފރުސަތު ފަހިވެގެން ދާނެކަމަށެވެ.

Advertisement - newsAdvertisement

މުޣުނީ ވިދާޅުވީ ސްޓެލްކޯ އާއި ޕޮލިޓެކްނިކަކީ މީހުން ތަމްރީނު ކުރުމާއި ވަޒީފާއަށް މީހުން އަހުލު ވެރި ކުރުމުގައި ވަރަށް ގާތް ދެ ތަން ކަމަށާއި ސޮއިކުރެވިގެން ދިޔަ އެމްއޯޔޫގެ ދަށުން ޕޮލިޓެކްނިކާއި ސްޓެލްކޯއާއި ގުޅިގެން ހިންގާ ޕްރޮމްރަމްތަކުން އިތުރަށް ދެވެން ހުރި އެހީތެރިކަން ދޭނެ ކަމަށެވެ.

"ކޯސްތައް ކުރިއަށްގެންދާއިރު އަޅުގަނޑުމެންނަށް އިތުރު އެހީތެރިކަން ދެވޭނެ. އެކި ރޮނގު ރޮނގުން އަޅުގަނޑުމެން އެހީތެރިކަން ދެމުން ގެންދާނަން. މިސާލަކަށް މި ކުންފުނީގެ ވަކި ފެސިލިޓީއެއް ބޭނުން ކުރަން ވެއްޖެނަމަ އެ އޮންނަ އުޞޫލެއްގެ ދަށުން އަޅުގަނޑުމެން އެ އެހީތެރިކަން ދެމުން ގެންދާނަން،" މުޣުނީ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ، އަޙުމަދު ނާޞިރު ވިދާޅުވީ، އެ އިންސްޓިޓިއުޝަންގެ ފަރާތުން މިހާރު ވެސް ގިނަ ކޯސްތަކެއް ހިންގަމުން އަންނަ ކަމަށާއި، ސްޓެލްކޯއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"މޯލްޑިވްސް ޕޮލިޓެކްނިކްގެ މެންޑޭޓަށް މިއައި ބަދަލާއި އެއްކޮށް، އަޅުގަނޑުމެންގެ މުޙިއްމު އެއް ބޭނުން ދިވެހި ޒުވާނުންނާއި ދިވެހި މަސައްކަތްތެރިން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުމާއި، މިހާރު އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ބިނާކުރާނެ ދާއިރާތަށް ދެނެގަނެ އެ ދާއިރާތަކަށް އެކަށީގެންވާ މީހުން ބިނާކުރުން. އެނގިލައްވާނެ ފަދައިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އެކަންޏެއް ނޫން، ހުރިހާ ދާއިރާއަކަށް ބަލާލިކަމުގައިވިޔަސް، ހުރިހާ އިންޑަސްޓްރީ ތަކެއްވެސް މިދަނީ ވަރަށް ބޮޑަށް ރިފޯމް ވަމުން،" ނާޞިރު ވިދާޅުވިއެވެ.

ފަންނީ އެކި ރޮނގު ރޮނގުން މީހުން ބިނާކުރުމަށް، މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ތަފާތު ގިނަ ކޯސްތައް ހިންގަމުންނެވެ. އެގޮތުން ފަސް ދާއިރާއަކުން ޖުމްލަ 390 ދަރިވަރުން މިހާރު ވެސް ދަނީ ތަމްރީން ޙާޞިލުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް