Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކުރުމަށް އިސްކަންދޭނެ: ރައީސް ސޯލިހު

ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީގެ މަސައްކަތް ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 18 ފެބުރުއަރީ 2019 | ހޯމަ 05:47
މާރަންދޫ ކައުންސިލް މެންބަރުންނާއެކު ރައީސް ސޯލިހު

މާރަންދޫ ކައުންސިލް މެންބަރުންނާއެކު ރައީސް ސޯލިހު

އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކުރުމަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ހއ. މާރަންދޫ ކައުންސިލްއާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބަލައި، އެކަންކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސަރުކާރުން ރާވައިފައިވާ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަންދޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާރަންދޫ ކައުންސިލް މެންބަރުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ރަށުގައި ފުރިހަމަވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގައި 16 ގަޑިއިރަށް ޚިދުމަތް ދިނުމުގައި ހުރި ހުރަސްތަކާއި، އެކަށީގެންވާ ގޮތެއްގައި ކުނި ނައްތައިލެވޭނެ ނިޒާމެއް ނެތުމާއި، އަދި މިކަންކަން ހައްލު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު