Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

ސަރުކާރުން ޤާނޫނާއި ޚިލާފުވަނީ ފުލުހުންނާއި ސިފައިން ފިނޑިކަމުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 01:04
ފައްޔާޒް އިސްމާއީލް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ:_ފޮޓޯ: ރާއްޖެއެމްވީ

ފައްޔާޒް އިސްމާއީލް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ:_ފޮޓޯ: ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގައި، ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާޢީލ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިނިވަން މުއައްސަސާތަށް މަސައްކަތްކޮށް، ފުލުހުންނާއި ސިފައިންގެ އަމިއްލަ އެދުމެއް ނެތް ނަމަ، ރައީސް ޔާމިން ވެރިކަމަކު ނުހުންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވި ގޮތުގައި "މިއަދު ރައީސް ޔާމިންގެ ވެރިކަން ގާނޫނު އާސާސީއާ ޚިލާފަށް ހިފެހެއްޓޭ މައިގަނޑު ސަބަބަކީ ފުލުހުންނާއި ސިފައިން"ނެވެ.

ފުލުހުންނާއި ސިފައިން ކޮންމެ ސަބަބަކަށްޓަކައި ނަމަވެސް ވެރިކަން ދަމަހައްޓާތީވެ، ނުވަތަ ގާނޫނު އަސާސީއަކަށް ގާނޫނަކަށް ނުބަލާ ރައީސް ޔާމިން ވިދާޅުވި ގޮތަކަށް ކަންތައްކުރަން ތިބީމަ ޖުޑިޝަރީވެސް ބިރުގަންނަނީ ކަމަށާއި، ރައްޔިތުންގެ މަޖްލީހުގެ މެންބަރުންވެސް ބިރުގަންނަނީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ ސަރުކާރުގެ މެންބަރުންވެސް ހުރިހާ ނާޗަރަންގީއެއްކުޅެ، ޗަރުކޭސް ދައްކަނީ އެ މެންބަރުން ބޭނުންވެގެން ނޫން ކަމަށެވެ.

"ސަރުކާރުގެ އިސްވެރިން ކުރައްވާ ޤާނޫނާއި ޚިލާފްކަންކަން ހުއްޓުވަން ކެރޭވަރަށްވުރެ ފުލުހުންނާއި ސިފައިން ފިނޑި"

ފައްޔާޒް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށްވުރެ، ސަރުކާރުން ކުރަމުންދާ ޣައިރު ޤާނޫނީ ކަންކަމާއި ދެކޮޅަށް އަޑު އުފުލާ މަގުމައްޗަށް ނުކުންނަ އަންހެން ކަނބަލުންގެ ހިތްވަރުވެސް މާ ގަދަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެ ތިއްބެވި އަންހެން ކަނބަލުން ފުލުހުންނާއި ސިފައިންނަށްވުރެ މާ ހިތްވަރު ގަދަ އިނގޭތޯ، ބިރުވެރިކަން ކުރިމަތީގައި އޮތްއިރު، ގާނޫނު އަސާސީއާ ގާނޫނުތަކުގެ ދިފާޢުގައި އެނުކުންނަވަނީ، އެއީ ތާރީޚުގައި ލިޔެވެގެންދާނެ ކަންކަން، މިވާގޮތަކީ ވަޒީފާއާ، ކާންބޯނެ ގޮތާއި، ލިބެން އޮތް ފްލެޓްތަކާއި، މިކަންކަން ދޫކޮށްލުމުގެ ހިތްވަރު ނެތީ، ފިނޑީއޭ އަޅުގަނޑު މިދަންނަވަނީ އެގޮތަށް" ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގެ ވާހަކަ ދައްކާއިރު، މުޅި ޖުޑިޝަރީ ޚަރާބުކޮށް، މުޅި ނިޒާމްގެ ބާރުވެރިކަން އޮތީ ދިހަ ވަރަކަށް ފަނޑިޔާރުންނާއި ގާޒީންގެ އަތުގައި ކަމަށެވެ.

"މުޅި ޖުޑިޝަރީ ޚަރާބުވެ، ފުޑުފުޑުވެގެން ދަނީ ދިހަ ވަރަކަށް ފަނޑިޔާރުންނާއި ގާޒީންގެ ސަބަބުން"

ފައްޔާޒް ވިދާޅުވީ އެ ދިހަ ވަރަކަށް ފަނޑިޔާރުން ގުޅިފައިވަނީ ރައީސް ޔާމިންއާ ކަމަށާއި އެމަނިކުފާނާއި ގުޅުމުން ފުލުހުންނާއި ސިފައިންގެ އިތުރުން މަޖިލީހުގެ ބާރު އެފަނޑިޔާރުންނާއި ގާޒީންނަށް ލިބޭ ކަމަށެވެ.

"އެ ދިހަވަރަކަށް ފަނޑިޔާރުންނާއި ގާޒީންގެ ބާރުގެ ތެރެއިން މުޅި ނިޒާމް ފުނޑުފުނޑު ވެގެންދަނީ، ކޮބާތޯ ދެންތިއްބެވި ފަނޑިޔާރުންނާއި ގާޒީން، އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ރަނގަޅު ފަނޑިޔާރުންވެސް އެބަތިއްބެވި، އެބޭފުޅުންގެ ވެސް މައްސަލައަކީ އެބޭފުޅުންވެސް ފިނޑީ، ވަޒީފާ ގެއްލިދާނެތީ އޮންނަ ފިނޑިކަން، ވަޒީފާ އެބަ މާ މުހިއްމުވޭ އަދުލު އިންސާފާއި އާޚިރަތް ދުވަހަށްވުރެ" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިއަދު ރާއްޖޭން ފެންނަމުން މިދަނީ ވަޒީފާއާ މާއްދީ ފައިދާތަކަށް ދީލާލުމުން ވާ ގޮތް ކަމަށެވެ. ސަރުކާރަށް ފާޑު ކިޔަންޖެހޭ ކަމަށާއި ކަސްތޮޅު އަޅުވާ ހައްޔަރު ކުރަންދެން ސަރުކާރަށް ފާޑުކިޔާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެން ބަޔަކު އައިސް ކަމެއް އަނބުރާލަން މަސައްކަތްކުރި ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީއެއް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށާއި އެހެން ކަމުން ސަރުކާރަށް ފާޑުވެސް ކިޔަންޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފާޑު ކިޔަންޖެހެނީ ފާޑުކިޔާ ވަރުގެ ކަންކަން ރާއްޖޭގައި ހިނގަމުންދާތީ ކަމަށާއި ހަމަ ތިބިފައި ބަޔަކު އެއްޗެއް ކިޔަނީއެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު