Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ - ޕާކިސްތާން

ޕާކިސްތާނާއެކު ސައުދީން 20 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

18 ފެބުރުއަރީ 2019 | ހޯމަ 05:14

ވަލީއަހުދާއި އެކު، އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާއި ބޮޑެތި ވިޔަފާރިވެރިންނާއި ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ

އަމަން ހަލީމް
އަމަން ހަލީމް | 18 ފެބުރުއަރީ 2019 | ހޯމަ 05:14
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޕާކިސްތާނާއި އެކު 20 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ވަލީއަހުދު މުހައްމަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންނެވީ އާދިއްތަ ދުވަހުގައެވެ. ވަލީއަހުދަށް މަރުހަބާ ކިޔާފައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާންއެވެ. އަދި ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް ވަލީއަހުދާއި އެކު ކާރުކޮޅު ދުއްވާފައި ވަޑައިގެންނެވީ ބޮޑުވަޒީރު އަމިއްލަފުޅަށެވެ.

ސައުދީ ވަލީއަހުދާއި އެކު، އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާއި ބޮޑެތި ވިޔަފާރިވެރިންނާއި ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އިމްރާންއާއި އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ވަލީއަހުދު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ތަނުގައި ވެސް ޕާކިސްތާނާއި އެކު ވިޔަފާރީގެ ގުޅުން އިތުރު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަލީއަހުދުގެ ދަތުރުފުޅާއި ގުޅިގެން އިސްލާމްއާބާދުގެ ގިނަ މަގުތަކަކާއި ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ހިސާބުތަކުން މުއާސަލާތީ ހިދުމަތް ވެސް ވަނީ ކަނޑާލާފައެވެ. ހޯމަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ވެސް ޕާކިސްތާނުން ވަނީ ކަނޑައަޅާފައެވެ.

ވަލީއަހުދު މުހައްމަދު ވެގެން ދާނީ އިމްރާން ޙާން ވެރިކަމަށް އައި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި އުޅުއްވާ ފުރަތަމަ މެހެމާނަށެވެ. ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެން އިމްރާން ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދިރިއުޅުއްވަން ދެކޮޅު ހައްދަވާފައެވެ.

ސައުދީއާއި އެކު ޕާކިސްތާނުން އެއްބަސްވުންތަކުގައި ސޮއިކޮށްފައި މި ވަނީ އެ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ގައުމުގެ ދަރަނިން ސަލާމަތްވުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީއަކަށް އެދިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
17 ޖޫން 2017

ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ

17 ޖޫން 2017
ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް