Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

އިޤުތިޞާދު ދިފާޢުކޮށް ފައިސާގެ އަގު ހިފަހައްޓާނަން: ޤަތަރުގެ ފިނޭންސް މިނިސްޓަރ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ޖޫން 2017 | ހޯމަ 20:23
އަލީ ޝެރިފް އަލް އިމާދީ އަދި ޕިއަރ ޕެޑޯން

އަލީ ޝެރިފް އަލް އިމާދީ އަދި ޕިއަރ ޕެޑޯން

ސައޫދީ އަރަބިއާ އާއި އެ ރަސްކަމާއި ގުޅިފައިވާ ޤައުމުތަކުން ޤަތަރާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލައިފައި ވަނިކޮށް އިޓަލީން ޤަތަރާއެކު ބާއްވަމުން އަންނަ ވިޔަފާރިއާއި ފައިސާގެ މުޢާމަލާތްތަކުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެއްބަސްވެއްޖެއެވެ.

އިޓަލީގެ ރޯމްގައި ހޯމަދުވަހު މިކަމާއި ގުޅޭގޮތުން ވި އެއްބަސްވުމުގައި ޤަތަރުގެ ފަރާތުން އެޤައުމުގެ ފިނޭންސް މިނިސްޓަރ އަލީ ޝަރީފް އަލް އިމާދީ ސޮއި ކުރެއްވިއިރު އިޓަލީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ އިޤުތިޞާދާއި ބެހޭ ވަޒީރު ޕިއަރ ޕެޑޯނެވެ.

އެ ބައްދަލުވުމަށްފަހު ދެޤައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށާއި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ އަދި އިޤުތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަލް އިމާދީގެ މި ދަތުރުފުޅަކީ ޔޫރަޕްގެ ޤައުމުތަކަށް ކުރާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޕެރިސް، ލަންޑަން، ބަރލިން އަދި ވޮޝިންގޓަނަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސައޫދީއާއި އެޤައުމާއި ގުޅިފައިވާ ޤައުމުތަކުން ޤަތަރާއެކު އޮންނަ ސިޔާސީ އަދި އިޤުތިޞާދީ ގުޅުންތައް ކަނޑާލާފައިވާއިރު، އަލްއިމާދީ ވިދާޅުވީ އެދަތިކުރުމުގެ ފިޔަވަޅު އެޅިކަމުގައި ވީނަމަވެސް، ފަސޭހަ ކަމާއެކު އެޤައުމުގެ އިޤުތިޞާދު ދިފާއުކޮށް ފައިސާގެ އަގު ހިފަހައްޓަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު