Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ - އިސްރާއީލް

ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ

ފަލަސްޠީނުގެ ރައްޔިތުން ވަނީ މި މަޝްވަރާތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 14:06
ސައުދީ ރަސްގެފާނު ސަލްމާނާއި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

ސައުދީ ރަސްގެފާނު ސަލްމާނާއި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ

އިޤުތިޞާދީ ގުޅުން ޤާއިމް ކުރުމާއި ގުޅޭގޮތުން ސައުދީ އަރަބިއާ އާއި އިސްރާއީލުން ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ސައުދީ އާއި އިސްރާއީލުގެ އިތުރުން އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އިސްރާއީލުގެ ނޫސްތަކުގައި ބުނެފައިވަނީ، ސައުދީ އާއި އިސްރާއީލާއި ދެމެދު އިޤުތިޞާދީ ގުޅުން ފަށާނީ ލުއި ގުލުންތަކާއި ހުއްދަތަކުން ކަމަށެވެ. އެގޮތުން، އިސްރާއީލުގެ ވިޔަފާރިވެރިން ސައުދީގައި ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއި، އިސްރާއީލުގެ ޤައުމީ އެއާލައިނަށް ސައުދީގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

ސައުދީގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ އިނގެރޭސިވިލާތުގެ ނޫސްތަކުން ބުނެފައިވަނީ، މިއީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން، މެދުއިރުމައްޗަށް ސުލްޙަ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ.

އެމެރިކާގެ ބައިވެރިވުމާއި އެކު ސައުދީ އާއި އިސްރާއީލުގެ ގުޅުން ބަދަހިވާ މައްސަލައިގައި އެމެރިކާގެ ސަރުކާރުގެ ތެރޭގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެގޮތުން، ސައުދީ އާއި އިސްރާއީލުގެ ގުޅުން ބަދަހިވެގެން ދިއުމަކީ، އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ސުލްޙަ ޤާއިމް ކުރުމަށް ކޮށާލެވޭ މަގަކަށް ވެގެން ދާނެ ކަމަށް، ސައުދީ ވަލީ އަހުދުގެ ނައިބު، މުޙައްމަދު ބިން ސަލްމާނާއި ގާތް ގުޅުމެއް ބާއްވަވަމުން އަންނަ، ޓްރަމްޕްގެ މުޝީރު އަދި ދަނބިދަރިކަލުން ޖެރާޑް ކްރުޝްނަރ ދެކިލައްވައެވެ. ނަމަވެސް ޓްރަމްޕް ސަރުކާރުން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު، ޖޭސަން ގްރީންބްލެޓް ދެކިލައްވާ ގޮތުގައި ފަލްސްޠީނާއި އިސްރާއީލުގެ މިނިވަން ކަމަކީ، ސުލްޙަ ޤާއިމް ކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައި އުކުޅުތައް ބޭނުންކޮށްގެން މެނުވީ ގެނެވޭނެ ސުލްޙައެއް ނޫނެވެ.

އެމެރިކާގެ އެހީތެރިކަމާއިއެކު ސައުދީން އިސްރާއީލާއި އެކު ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވާއިރު، މި މަޝްވަރާތަކާއިމެދު ފަލަސްޠީނުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މި މަޝްވަރާތަކުގެ ސަބަބުން ފަލަސްޠީނު މިނިވަން ކުރުމުގެ މަސައްކަތަށް އަހައްމިއްޔަތުކަމެއް ނުދެވި، އަރަބި ޤައުމުތަކުން އިސްރާއިލާއި އެއްކޮޅަށް އަރާފާނެކަމުގެ ބިރު އޮތްކަމަށް އެފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދުކުރާ ހަމާސް ފަދަ ޖަމާޢަތްތަކާއި ގުޅުން ބާއްވާ ކަމަށް ބުނެ، ދާދިފަހުން ގަލްފުގެ ބައެއް ޤައުމުތަކުން ޤަތަރާއި ގުޅުން ކަނޑާލުމާއިއެކު، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ ގަލްފު ޤައުމުތަކުގެ އެ ނިންމުމަކީ އެ ޤައުމުތަކާއި އިސްރާއީލާއި ދެމެދު ގުޅުން ރަނގަޅު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު