Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

އިލެކްޝަންސް ކޮމިޝަނުގެ ބަސް ވެސް ވަނީ ހޯދާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2019 | އާދީއްތަ 13:49
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: -މަޖިލިސް އިންތިހާބުގައި ވާދަކުރުމާ ގުޅޭ މައްސަލައިގައި އަޑުއެހުންތައް މިހާރު ވަނީ ނިމިފައި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: -މަޖިލިސް އިންތިހާބުގައި ވާދަކުރުމާ ގުޅޭ މައްސަލައިގައި އަޑުއެހުންތައް މިހާރު ވަނީ ނިމިފައި

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވިއަސް އެހެން ގޮތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމާ ހަމައަށް ގޮސްފިއެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތައް ހުށައެޅުއްވީ އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި މި ފަހަރު ވާދަ ކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު އާއި ގާނޫނީ ވަކީލް އަބްދުލް މާނިއު ހުސެއިންނާއި ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަޑުއެހުންތައް ނިންމާލީ މައްސަލައިގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަރީއަތުން ބަސް ހޯދުމަށް ފަހުއެވެ.

އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މައްސަލައިގައި ޖަވާބު ދާރީވި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ވިދާޅުވީ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ފަހަރަކު ވާދަ ނުކުރޭނެ ކަމަށް ކަނޑައަޅާފައިވާ މައްދާއަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ނޫން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ވިދާޅުވީ ޕްރައިމަރީ ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތަކުގައި ބައިވެރިވެވެނީ ވެސް ގާނޫނު އަސާސީ އިން ލިބިދޭ އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގު ދަށުން ކަމަށްވާއިރު ގާނޫނު އަސާސީގެ އެ ހައްގު ހަނިނުވާ ކަމަށެވެ.

ބަންޑާރަ ނައިބު އޮފީހުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ކަމަށް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށާއި އެމެރިކާގެ ކޯޓުތަކުން އެކަމާ ގުޅޭ މައްސަލަތައް ވެސް ނިންމާފައި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަމުގެ ބައެއް ލިޔުންތައް ވެސް ދައުލަތުން ހުށަހެޅި އެވެ. ދައުލަތުން ބުނި ގޮތުގައި ގާނޫނުއަސާސީގައި މަޖިލިސް މެމްބަރުންގެ ޝަރުތުތައް ކަނޑައަޅާފައި ވިޔަސް، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނަކުން ކަނޑައެޅިދާނެއެވެ. މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނުއަސާސީގައި އޮންނައިރު، އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން މިހާރު ވެސް މަދުވެގެން 50 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހޭ ކަމަށާއި އެކަން ކުރަނީ ގާނޫނަކުން އެކަން ކަނޑައަޅައިގެން ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ ދައުލަތުން އެދުނީ އެ މާއްދާ ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އަދި މައްސަލާގައި އެދިފައިވާ ވަގުތީ އަމުރު ވެސް ނެރެޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުނެވެ.

މައްސަލަ ހުށަހެޅުއްވި މާނިއު ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އަސާސީގައި ވަކި ކަމަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާ ނަމަ، އެއީ ނިހާއީ ކަނޑައެޅުމެކެވެ. އެ ޝަރުތައް ހަނިވާ ގޮތަށް ގާނޫނެއް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަ ކުރެވޭނެ ޝަރުތުތައް ބަޔާން ކޮށްފައިވާ ކަމަށާއި އެއާ ހިލާފުވާ ޝަރުތެއް ގާނޫނަކުން ކަނޑައަޅައިފިނަމަ އެ ކަނޑައެޅުމެއް ވާނީ ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނާ ފަދައިން ބާތިލް ކަނޑައަޅެމަކަށް ކަމަށް ވެސް މާނިއު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒްވާ ނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

ދައުލަތުން ދެއްކެވި ވާހަކަތާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ކަންކަން އިތުރަށް ސާފު ކުރައްވާފައި އެވެ. އެގޮތުން ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި މިސާލެއްގެ ގޮތުން ހަމައެކަނި އެމެރިކާ ދައުލަތުން ފާހަގަކުރަނީ ކީއްވެގެންތޯ އާއި އެމެރިކާގައި ޕްރައިމަރީން ބަލިވުމުން އަމިއްލަ ހައިސިއްޔަތުން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮވޭތޯ ނުވަތަ ނޫންތޯ ވެސް ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޕްރައިމަރީން ބަލިވުމުން އެއްވެސް ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަ ނުކުރެވޭ ކަމަށާއި އަދި އަނެއް ބައި ސްޓޭޓްތަކުގައި ޕްރައިމަރީން ބަލިވިޔަސް، އިންތިޚާބުގައި ވާދަ ކުރެވޭނެ ފަދަ ބައެއް އުސޫލުތައް އެބަހުރި ކަމަށެވެ.

އެ މައްސަލާގެ ތެރެއަށް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަން ވެސް ތަދައްޚުލް ކުރުވައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާނޫނުގެ އެ މާއްދާއާ މެދު ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު އެ މާއްދާ އަށް ކޮމިޝަނުން އަމަލު ކުރަމުންދާން ޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ކޮމިޝަނާ ވެސް ބައެއް ސުވާލުތައް ކުރެއްވި އެވެ. އެގޮތުން އަންނަ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ކަނޑައަޅާފައި ވަނީ ކޮން ކަންކަމަށް ބަލައިގެންތޯ އާއި އިންތިޚާބާ ގުޅިގެން ދެން ހުރި ކަންކަމަށް މުއްދަތުތައް ކަނޑައަޅާފައި ހުރި ގޮތާ ބެހޭގޮތުން ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ކޮމިޝަނުން ބުނީ މުއްދަތުތައް ކަނޑައަޅާފައި ހުރީ ގާނޫނުގައި ކަނޑައަޅާފައި ހުރި މުއްދަތުތައް ނުގެއްލޭނެ ގޮތަށް ކަމަށާއި މުއްދަތުތައް ކަނޑައެޅުމުގައި އިންތިޚާބާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ވެސް ބަލާފައިވާނެ ކަމަށެވެ. އަދި މުއްދަތުތައް ކަނޑައަޅާފައި ހުރި ގޮތުން ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ބިޒީ ޝެޑިއުލެއްގައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. މައްސަލައިގައި ހުކުމް ކުރާނެ ވަކި ދުވަހެއް އެހެން ނަމަވެސް ނުބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު