ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
16 ފެބުރުއަރީ 2019 | ހޮނިހިރު 12:32ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށް

ހައްވާ މުހައްމަދު | 16 ފެބުރުއަރީ 2019 | ހޮނިހިރު 12:32

ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު | ގޫގުލް
ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު ހުކުރުދުވަހުގެ ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ސަމީރު ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން، އެ އަމުރު ތަންފީޒް ކުރުމަށް ކަމަށެވެ.
ބަލުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފައެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ސަމީރު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނުގެ ތެރެއިން ސަމީރު ވަނީ ފެނިގެންގޮސްފައެވެ.









