Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޮވެރިންގ ބޮންޑް

ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ

27 މާރިޗު 2018 | އަންގާރަ 09:31

200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ބޮންޑު ވިއްކާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 މާރިޗު 2018 | އަންގާރަ 09:31
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރު ވިއްކުމަށް ހަމަޖެހިފައިވާ ސޮވެރިންގ ބޮންޑް ވިއްކުމަށްޓަކާ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީ ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، ފިނޭންސް މިނިސްޓްރީން ބުނީ، ސޮވެރިންގ ބޮންޑު ވިއްކުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ބޮންޑު ވިއްކަން ހުޅުވާލާނެ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުގައި ވަނީ 200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ބޮންޑު ވިއްކާނެ ކަމަށް ކަނޑައަޅާފަ އެވެ.

މިދިޔަ އަހަރާއި ހިލާފަށް ބޮންޑު ވިއްކާނީ، އެއްކޮށް ނޫން ކަމަށާއި އަދަދުތަކަށް ބަހާލައިގެން އަހަރުގެ އެކި ހިސާބުތަކުގައި ބޮންޑު ވިއްކުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން މިއަހަރުގެ ކުރީ ކޮޅާއި މެދު ތެރޭގައިވެސް ބޮންޑުގެ ބައެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ބޮންޑު ވިއްކުން ބަހާލައިގެން ކުރިއަށްގެންދަނީ މާކެޓްގައި ވިއްކުމަށް ފަސޭހަ ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިކަން ހާމަކޮށްފައިވާ އިރު މިއަހަރުގެ އެންމެ ފުރަތަމަ ސަރުކާރުން ވިއްކާ ސޮވެރިންގ ބޮންޑު ވިއްކާ މާކެޓެއް ނުވަތަ އެންމެ ފުރަތަމަ ވިއްކާ އަދަދެއް ވެސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އަދަދުތައް ފައިނަލް ކުރެވެމުން ބޮންޑްގެ ތަފްސީލު ހާމަކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ބޮންޑު ވިއްކައިގެން ލިބޭ ފައިސާއިން ސަރުކާރު ބަޖެޓުގައި ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ހޭދަ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް ހަރަދު ކުރާނީ ކޮން ކޮން ޕްރޮޖެކްޓްތަކެއް ކަނޑަނާޅާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން ސޮވެރިންގ ބޮންޑު ވިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު މިދިޔަ އަހަރުވެސް 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވަނީ ވިއްކާލާފަ އެވެ. އެގޮތުން އެފައިސާގެ ތެރެއިން މިދިޔަ އަހަރު 130 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. ބޮންޑުގެ ފައިސާ ހަރަދުކޮށްފައިވަނީ ސަރުކާރުން ހިންގާ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އައިޖީއެމްއެޗްގެ އާ އިމާރާތާއި މަސްވެރިކަމުގެ ދާއިރާތަރައްގީ ކުރުމުގެ އިތުރަށް ރީޖަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މިއަހަރު ބޮންޑު ފައިސާގެ 70 މިލިއަން ޑޮލަރު ހަރަދު ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ޑޮއިޝޭ ބޭންކް މެދުވެރިކޮށް ސަރުކާރުން ބޮންޑް ވިއްކާލާފައިވާ އިރު 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް ލިބުނު ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު މީގެ ކުރިން ވަނީ ހާމަ ކުރައްވައިފަ އެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

މާލޭގެ ބިން ވިއްކުމަށް ކުރިން ކުރި އިއުލާނު ބާތިލްކޮށް އަނެއްކާ ވެސް ހުޅުވާލައިފި

11 އޮކްޓޯބަރު 2017
މާލޭގެ ބިން ވިއްކުމަށް ކުރިން ކުރި އިއުލާނު ބާތިލްކޮށް އަނެއްކާ ވެސް ހުޅުވާލައިފި
29 ސެޕްޓެމްބަރު 2017

މައުލޫމާތު ހާމަ ކުރުމުގެ "ރަންވަނަ" މިއަހަރުވެސް އޭސީސީއަށް!

29 ސެޕްޓެމްބަރު 2017
މައުލޫމާތު ހާމަ ކުރުމުގެ "ރަންވަނަ" މިއަހަރުވެސް އޭސީސީއަށް!
19 ސެޕްޓެމްބަރު 2017

200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު

19 ސެޕްޓެމްބަރު 2017
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
17 އޯގަސްޓު 2017

ސަރުކާރުގެ މަގްބޫލުކަން ވަނީ ގެއްލިފައި، އަނެއްކާވެސް މާލެއިން ބިންތަކެއް ވިއްކުމަށް ހުޅުވާލީތީ ކަންބޮޑުވަން: އިންތި

17 އޯގަސްޓު 2017
ސަރުކާރުގެ މަގްބޫލުކަން ވަނީ ގެއްލިފައި، އަނެއްކާވެސް މާލެއިން ބިންތަކެއް ވިއްކުމަށް ހުޅުވާލީތީ ކަންބޮޑުވަން: އިންތި
13 ޖޫން 2017

ބޮންޑު ވިއްކާ ފެންވަރެއް ރާއްޖެއަކު ނެތް: އަމީރު

13 ޖޫން 2017
ބޮންޑު ވިއްކާ ފެންވަރެއް ރާއްޖެއަކު ނެތް: އަމީރު
24 މެއި 2017

މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ

24 މެއި 2017
މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް