Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލުގެ ޑިއުޓީ

ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

މިހާރު ތެލުގެ ޑިއުޓީއަށް ނަގަނީ 10 ޕަސެންޓް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 10:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަން

ރާއްޖެ އެތެެރެކުރާ ތެލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގަމުންއައި 10 ޕަސެންޓްގެ ޑިއުޓީ، ފަސް ޕަސެންޓަށް ދަށްކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ސަރުކާރު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 27 އަށެވެ.

Advertisement - newsAdvertisement

އެ އިސްލާހުގައި ވަނީ ބިމުން ނަގާ ހަކަތައިގެ ބާވާތްތަކާއި، ބިމުން ނަގާ ތެލާއި، އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވާތްތައް، އަދި ތާރުގެ ބާވަތްތަކާއި، ބިމުންނަގާ ތަކެތިން އުފައްދާ އުށެވެ.

އެމާއްދާގެ ދަށުން މިހާރު ތެލުގެ ބާވާތްތަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަ 10 ޕަސެންޓްގެ ބަދަލުގައި ޑިއުޓީގެ ގޮތުގައި ފަސް ޕަސެންޓް ނެގުމަށް އެބިލްގައި ވެއެވެ.

މީގެއިތުރުން ބިލްގައިވާ ގޮތުން އެ ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތެލުގެ ބާވަތްތައް ފިޔަވާ، މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތިން ޑިއުޓީން ސުން ޕަސެންޓް ނެގުމަށް ވެސް އެއިސްލާހުގައި ވެއެވެ.

އެބިލްގައިވާ ގޮތުން، މި އިސްލާހު ހުށަހަޅާފައިވަނީ އާއްމު ބޭނުންތަކާއި އަސާސީ ހިދްމަތްތައް ރައްޔިތުން ބޭނުންކުރުމުގައި ހިނގާ ޚަރަދު ކުޑަކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށްޓަކައި ތެލުގެ ބާވާތްތަކުން މިހާރު ނަގަމުންދާ ޑިއުޓީގެ މިންވަރުގެ ދެބައިކުޅައެއްބައި ކުޑަކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާ ކޮށްފައިވަނީ އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، އެބިލަށް ބަހުސް ކުރުމަށް ފާސްވެއްޖެ ނަމަ، ބަހުސްކުރުގާ ގޮތަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު