Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

މި އަހަރުވެސް ޔޫކޭ އަށް ކިޔަވަންދާ ކުދިންނަށް ހާއްސަ ކޮށްގެން ވަގުތީ ވިސާ ސެންޓަރެއް

ކުރިޔަށް ދާނީ އޮގަސްޓު މަހު 5 އިން 6

އަލީ ސަމާޚް
އަލީ ސަމާޚް | 18 ޖުލައި 2019 | ބުރާސްފަތި 13:45
މިދިޔަ އަހަރުވެސް ޓެމްޕޮރަރީ ސެންޓަރެެއް  ވަނީ ހިންގާފައި

މިދިޔަ އަހަރުވެސް ޓެމްޕޮރަރީ ސެންޓަރެެއް ވަނީ ހިންގާފައި

އެހެން އަހަރުތަކޭ އެއްފަދައިން އިނގިރޭސިވިލާތަށް މަތީ ތައުލީމު ހާސިލްކުރަންދާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވިސާ ހޯދުމަށް މަގުފަހިކޮށް ދިނުމަށް މި އަހަރުވެސް ފޮރިން މިނިސްޓްރީ ގައި ވަގުތީ ވިސާ ސެންޓަރެއް ގާއިމްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު އޮގަސްޓު މަހު 5 އިން 6 އަށް ފޮރިން މިނިސްޓްރީ ގައި ކުރިޔަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށް ދާނީ އެ ދެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް ފޮރިން މިނިސްޓްރީގައެވެ. ވިސާ އަށް އެދި ހުށަހެޅުމަށް ބުކިންގ ހަދަން ޖެހެއެވެ.

މިދިޔަ އަަހަރު ވަގުތީ ވިސާ ސެންޓަރު ކުރިޔަށް ގެންގޮސްފައި ވަނީ އޮގަސްޓު ހަތަކުން އަށަކަށެވެ. އާއްމުކޮށް އިނގިރޭސިވިލާތަށް ދާ ވިސާ ޖަހަން ޖެހެނީ ސްރީލަންކާއިންނެވެ.

ދިވެހިންނަށް އިނގިރޭސިވިލާތަށް އޮންއެރައިވަލް ވިސާ ހަ މަހަށް ލިބޭއިރު، ގިނަ ދިވެހިން ތަކެއް އިނގިރޭސިވިލާތުގައި ދިރިއުޅެއެވެ. ފޮރިން މިނިސްޓްރީން ބުނީ، ޔޫކޭގެ އެމްބަސީ އެއް ރާއްޖޭގައި ހުޅުވިގެން ދިޔުމުން ވިސާ ހޯދުމަށް ބޭރަށް ނުގޮސް ފަސޭހާތަކެއް ވެގެންދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އެމްބަސީ އެއް ރާއްޖޭގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް އެގައުމުން ލަންކާގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޖޭމްސް ޑޯރިސް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު މި އަހަރު ޖެނުއަރީ ކުރީކޮޅު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު