Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރުފާން ޚާން

އިރުފާން ޚާން އެނބުރި އިންޑިއާ އަށް

އޭނާ ވަނީ އިންޑިއާއަށް ދިިރިއުޅުން ބަދަލުކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 ފެބުރުއަރީ 2019 | ބުދަ 10:29
އިރްފާން ޚާން

އިރްފާން ޚާން

ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިނގިރޭސި ވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ބޮލީވޫޑްގެ މަޝްހޫރު ފިލްމީ ތަރި އިރްފާން ޚާން އެނބުރި އިންޑިއާ އަށް ހިނގައްޖެއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިރްފާން ޚާނަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރު ޖެހުމުން (ހައި ގްރޭޑް ކެންސަރ) ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަމަށް ފަރުވާ ހޯދުމަށް އޭނާ އިންޑިއާ ދޫކޮށް ލަންޑަނަށް ބަދަލުވިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިރްފާން ޚާން ދެން ފަރުވާ ހޯދާނީ އިންޑިއާގެ ކޮކޮލަބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލުން ކަމަށެވެ. އަދި ލަންޑަނުގައި ފަރުވާ ހޯދުމަށް ފަހު އެނބުރި އިންޑިއާއަށް ބަދަލުވެފައި ވަނީ އޭނާގެ ހާލު ރަނގަޅުވުމުން ކަމަށެވެ.

އިރްފާންގެ ބަލި ހާލަތު ރަނގަޅުވަމުން އަންނައިރު ފިލްމު ކުޅުމަށް ވެސް އޭނާ ތައްޔާރު ވަމުން އަންނަ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ޚަބަރުތައް ބުނާ ގޮތުގައި އިރްފާން އެންމެ ފުރަތަމަ ޝޫޓް ކުރަން ފަށާނީ 2017 ވަނަ އަހަރު ނިކުތް އޭނާގެ ފިލްމު "ހިންދީ މީޑިއަމް" ގެ ސީކުއެލްގެ މަސައްކަތެވެ. އަދި އެފިލްމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ޚަބަރު ބުނެއެވެ.

އިރްފާން ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން "މުމްބާއީ މެރީ ޖާން،" "ޕީކޫ"، "ލައިފް އިން އަ މެޓްރޯ" "ދަ ލަންޗްބޮކްސް"، "ހައިދަރު" އަދި "ތަލްވާރު" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ޓީވީ ސީރީޒްއެއް ކަމަށްވާ "ޝްރީކާންތު" އިން 1985 ވަނަ އަހަރު ކެރިއަރު ފަށައި 1988 ވަނަ އަހަރު "ސަލާމް މުބްއީ" ގެ ކުޑަ ރޯލަކުން ބޮލީވުޑަށް ތައާރަފްވި އިރްފާން ވަނީ ހޮލީވޫޑްގައި މަސައްކަތްކޮށް "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ވެސް ހާސިލްކޮށްފައެވެ. އޭގެ އިތުރު ބޮޑެތި ބަޖެޓްތަކުން އުފެއްދި ހޮލީވޫޑްގެ ފިލްމްތައް ކަމަށްވާ "ދަ އެމޭޒިން ސްޕައިޑާ މޭން" އާއި "ލައިފް އޮފް ޕައި،" އަދި "އިންފާނޯ" ގައި ވެސް މުހިންމު ރޯލުތައް ކުޅެފައި ވެއެވެ. "މީގެ އިތުރުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "ދަ ޖަންގަލް ބުކް" އަށް އަޑު އަޅައިދީފައި ވެއެވެ. އިރުފާން މުހިންމު ރޯލަކުން ފެނިގެންދިޔަ "ޖުރަސިކް ވާރލްޑް"އަކީ ބޮކްސް އޮފީހުގެ ތާރީހުގައި ވެސް ހަފުތާއެއްގެ ތެރޭގައި 500 މިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ. މިހާތަނަށް ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވޫޑްގެ ފިލްމަކީ ވެސް އެއީއެވެ. އެ ފިލްމުގައި އޭނާ އަދާކޮށްފައިވާ ސިމޮން މަސްރާނީގެ ނެގެޓިވް ކެރެކްޓާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު