Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލުތެރޭގައި ކުރަތްޕެއް

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

ޑޮކްޓަރު ބުނަނީ އޭނާގެ ހަޔާތުގައި އަދި މިފަަދަ ކަމެއް ނުދެކޭ ކަމަށް

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 23:02
އަންހެންމީހާގެ ބޮލުތެރޭގައި އޮތް ކުރަފީގެ ސްކްރީން އިމޭޖެއް

އަންހެންމީހާގެ ބޮލުތެރޭގައި އޮތް ކުރަފީގެ ސްކްރީން އިމޭޖެއް

ނިދާފާ އޮއްވާ ތޮރުފިގެން ނޭފަތައް ކުރަފި ވަންނަ ވާހަކައާއި އަދި އެސޮރު ފޮރުވިގެން އޮވެ، ކުރިމަތި ކުރުވާ އުނދަގޫތަކަކީ މީހާ މޮޔަކޮށްލާވަރުގެ ކަމެއްގެ ގޮތުގައި ޚިޔާލީ ވާހަކަތަކުގައި ލިޔެފައި ހުރެއެވެ. ނަމަވެސް މިހާރު މިއީ މުޅިން ޚިޔާލީ ކަމެކޭ ބުނެވޭކަށް ނެތެވެ.

މިކަން ހަގީގަތެއްގެ ގޮތުގައި ސިފަވެގެން ދިޔައީ އިންޑިއާގެ އަންހެނެއްގެ ބޮލުތެރެއިން ޑޮކްޓަރުން ދިރޭ ކުރަތްޕެއް ނެގުމުންނެވެ.

އުމުރުން 42 އަހަރުގެ މި އަންހެން މީހާ ޑޮކްޓަރަށް ދިޔައީ ލޮލާ ދިމާ އަޑިން މޫނުގައި އުނދަގޫ ހިރުވުމެއް ނުފިލާ ހުންނާތީއެވެ.

އަވަސް އަވަހަށް ކްލިނިކަށް ގޮސް ދެއްކުމުން ނޭފަތް ދޮވުމަށްފަހު ގެއަށް ފޮނުވާލީއެވެ.

އެކަމަކުވެސް ހިރުވުމަކަށް ލުޔެއް ނުލިބުނެވެ.

ހިރުވުމުގެ އަސްލު ސަބަބު ހާމަވި ހިސާބަކީ ކަރާ ކަންފަތާ ނޭފަތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުން އެންޑޯސްކޮޕީ ހެދި ހިސާބުންނެވެ.

ޗެންނާއީގެ ސްޓޭންލީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރ ޝަންކަރު އޭ.އެފް.ޕީ އަށް މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުނީ އޭނާއަށް ފެނުނީ ހަރަކާތް ކުރަމުން ދިޔަ ކުދިކުދި ފައިތަކެއް ކަމަށެވެ.

އިތުރަށް ބެލި ބެލުމުން އެ ފެނުނު އެއްޗަކީ ކުރަތްޕެއް ކަމަށް ޑރ. ގަބޫލު ކުރެވުނެވެ.

ކުރަފި އަންހެން މީހާގެ ބޮލުގެ ނާށިގަނޑާ ހަމައަށް ވަދެފައި އޮތް ކުރަފި 12 ގަޑީއިރު ވީ އިރުވެސް އޮތީ މަރުނުވެ ކަމަށް ޑޮކްޓަރު ބުންޏެވެ.

ވެކިއުމް ކްލީނަރެއް މަސައްކަތް ކުރާ ގޮތައް މަސައްކަތް ކުރާ އާލާތެއް ބޭނުން ކޮށްގެން ކުރަފި ބޭރަށް ދަމައިގަތް އިރުވެސް އޮތީ މަރުނުވެ ކަމަށާއި، ބަރާބަރަށް ހަރަކާތް ކުރަމުން ދިޔަ ކަމަށްވެސް ޑޮކްޓަރު ކިޔައިދިނެވެ.

ތިރީހަށް ވުރެ ގިނަ އަހަރު ވަންދެން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރުވެސް މިފަދަ ކަމެއް ދިމާނުވާ ކަމަށް ޑޮކްޓަރު ބުންޏެވެ.

ބޮލުގެ ނާށިގަނޑާ ހަމައަށް ތޮރުފިގެން ވަދެ އޮތް ކުރެފި ދަމާ ނެރެވުނީ 45 މިނެޓްގެ ޕްރޮސީޖަރަކުންނެވެ.

ކުރަފީގެ ސަބަބުން އަންހެން މީހާއަށް ސިއްހީ ގެއްލުމެއް ނުލިބުނު ނަމަވެސް މިހާދިސާއާ ގުޅިގެން އަންހެން މީހާ ހުރީ ވަރަށް ލަދުގަނެފައި ކަމަށްވެސް ޑޮކްޓަރު ކިޔައިދިނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު