Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައިފް އަލީ ޚާން

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ޖުލައި 14، 2017

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 މާރިޗު 2017 | ބުދަ 12:23
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކުރުން

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކުރުން

ބޮލީވޫޑްގައި ދެގޮތެއް ނުވެ ހިޓް ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ސައިފް އަލީ ޚާންގެ އެންމެ ފަހުގެ ފިލްމު "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކޮށްފި އެވެ.

ރާޖާ މެނަންގެ "ޝެފް" ގައި ސައިފް މަސައްކަތް ކޮށްފައިވާއިރު މި ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ ސިޔާރް ކަމްބަލް އެވެ.

މިފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުގައި ސައިފް އާއި ސިޔާރް އެކަކު އަނެކަކަށް ވާހަކަ ދައްކަމުންދާ މަންޒަރު ފެނެއެވެ. އަދި އެ ދެ މީހުން ވާހަކަދައްކަމުންދާ ހިސާބަކީ ކާއެއްޗެހި ވިއްކަން ހުންނަ ހިސާބެއްކަން ވެސް ފާހަގަކުރެ ވެއެވެ.

މިފިލްމުގެ މައިގަނޑު ވާހަކައަކީ ޝެފަކު އެކި ހިސާބުތަކަށް ގޮސް ތަފާތު ތަޖްރިބާތަކެއް ކުރަމުންދާ ގޮތެވެ. ފިލްމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ނިއު ޔޯކުގައި އަދި އިތުރު ތިން ދުވަހު ޝޫޓިން ކުރިއަށް ގެންދަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޝެފް" އަކީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާއިރު ހިންދީ މިފިލްމަކީ އޭގެ އަސްލެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިފިލްމުގައި ސައިފްއާ އެކު ފެނިގެންދާނީ ސޮބީތާ ދުލިޕާލާ އެވެ. ޖުލައި 14، 2017 ގައި މި ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ރާޖާ މެނަން ބުންޏެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
24 ފެބުރުއަރީ 2017

"ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނިން: ސައިފް

24 ފެބުރުއަރީ 2017
"ތައިމުރު" ގެ ނަން ބަދަލުކުރަން އުޅުނިން: ސައިފް
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު