Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލްވަރޯ އާބެލޯއާ

ލަސްނުކޮށް މެސީ ރިޓަޔާކުރާނެ ކަމަށް އުންމީދުކުރަން: އާބެލޯއާ

13 ފެބުރުއަރީ 2019 | ބުދަ 09:28

މެސީގެ ކުޅުމަކީ އެއްވެސް ގޮތަކަށް ޝައުގުވެރިވާ ކުޅުމެއް ނޫން

ލީވާން އަލީ
ލީވާން އަލީ | 13 ފެބުރުއަރީ 2019 | ބުދަ 09:28
އާބެލޯއާ (ކ) އަދި މެސީ (ވ)

އާބެލޯއާ (ކ) އަދި މެސީ (ވ)

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ލަސްނުކޮށް ރިޓަޔާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އަލްވަރޯ އާބެލޯއާ ބުނެފިއެވެ.

މާސާ އަށް ދިން އިންޓަވިއުއެއްގައި އާބެލޯއާ ބުނީ، ބާސާއަށް އޭނާ ވަރަށް އިހުތިރާމްކުރާ ކަމަށާއި، ނަމަވެސް އެޓީމަށް ކުޅޭ މެސީގެ ކުޅުމަކީ އޭނާއަށް އެއްވެސް ގޮތަކަށް ޝައުގުވެރިވާ ކުޅުމެއް ނޫން ކަމަށެވެ.

އެގޮތުން އާބެލޯއާ ބުނީ މެސީ ރިޓަޔާކުރުމަކީ އޭނާ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، އެދުވަސްތައް މިހާރު ވެސް ގުނަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އާބެލޯއާ ބުނީ، އޭނާއަކީ އެންޓި ބާސާ މީހެއް ނޫން ކަމަށާއި، ނަމަވެސް ރެއާލް އަށް ފައިދާކުރާތީ އަބަދުވެސް ބާސާ ބަލިވާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުން ބާސާ މިފަހަރު ކަޓާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރެއާލްގެ އިސްކޯއަކީ އޭނާގެ އެއް ނަމްބަރު ފޭންކަން ފާހަގަކުރަމުން އާބެލޯއާ ބުނީ، ރެއާލްގައި އިސްކޯ ދިގު މުއްދަތަކަށް މަޑުކުރުމަކީ އޭނާ އަބަދުވެސް އެދޭ އެދުން ކަމަށާއި، އެކަން އެގޮތަށް ހިނގާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރެއާލްއާ އެކު ހަތް އަހަރު ހޭދަކޮށްފައިވާ އާބެލޯއާ ވަނީ އެ ކްލަބަށް އޭނާ ކުޅުނު 233 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް، ޔުއެފާ ސުޕާ ކަޕް އަދި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 56 މެޗު ކުޅެފައިވާ އާބެލޯއާ ވަނީ ގައުމީ ޓީމާއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން ދެފަހަރު ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް